ޢާންމު މަޢުލޫމާތު(IUL)896/MQS/2026/12
މުޙައްމަދު ޤާސިމް ޕްރީ ސްކޫލް ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް ފަހައިދީ ވިއްކާދޭނެ ފަރާތެއް ހޯދުން - ދެވަނަ އިޢުލާން
ބީލަން ހުށަހެޅުމުގެ ދަޢުވަތު
- މިސްކޫލުގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް ފަހައި، ވިއްކާދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި ޕްރޮކިއުމަންޓްގައި ރަޖިސްޓްރީ ކުރުމަށް 09 ނޮވެމްބަރު 2026 އިން 2026 ނޮވެމްބަރު 17 ގެނިޔަލަށް، ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
- "ބިޑް ރަޖިސްޓްރީ ފޯމް"ގެ ލިންކު: https://forms.gle/e7rCuFcfXEw2yA6U8
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ، 2026 ނޮވެމްބަރު 19 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި، މުޙައްމަދު ޤާސިމް ޕްރީސްކޫލް މީޓިންގ ރޫމްގައެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 2026 ނޮވެމްބަރު 17 ވަނަ ދުވަހުގެ 13:00 ގެ ކުރިން މި އިޢުލާންގެ 8 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީ-މެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ.
- މިޕްރޮޖެކްޓާ ގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
- މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މުޙައްމަދު ޤާސިމް ޕްރީސްކޫލް
ޗަނބޭލީމަގު، ހުޅުމާލެ ފޭސް 1، ދިވެހިރާއްޖެ.
ފޯން: 3354903 / 3354904
އީ-މެއިލް: procurement@mqps.edu.mv