GazetteEnglish beta
Back to announcements

ޢާންމު މަޢުލޫމާތު(IUL)896/MQS/2026/12

މުޙައްމަދު ޤާސިމް ޕްރީ ސްކޫލް ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް ފަހައިދީ ވިއްކާދޭނެ ފަރާތެއް ހޯދުން - ދެވަނަ އިޢުލާން

މުޙައްމަދު ޤާސިމް ޕްރީސްކޫލް
ތާރީޚުސުންގަޑި

ބީލަން ހުށަހެޅުމުގެ ދަޢުވަތު

  1. މިސްކޫލުގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް ފަހައި، ވިއްކާދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  3. މި ޕްރޮކިއުމަންޓްގައި ރަޖިސްޓްރީ ކުރުމަށް 09 ނޮވެމްބަރު 2026 އިން 2026 ނޮވެމްބަރު 17 ގެނިޔަލަށް، ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  4. "ބިޑް ރަޖިސްޓްރީ ފޯމް"ގެ ލިންކު: https://forms.gle/e7rCuFcfXEw2yA6U8 
  5. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ، 2026 ނޮވެމްބަރު 19 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި، މުޙައްމަދު ޤާސިމް ޕްރީސްކޫލް މީޓިންގ ރޫމްގައެވެ.
  6. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 2026 ނޮވެމްބަރު 17 ވަނަ ދުވަހުގެ 13:00 ގެ ކުރިން މި އިޢުލާންގެ 8 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީ-މެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ.
  7.  މިޕްރޮޖެކްޓާ ގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
  8. މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މުޙައްމަދު ޤާސިމް ޕްރީސްކޫލް 

ޗަނބޭލީމަގު، ހުޅުމާލެ ފޭސް 1، ދިވެހިރާއްޖެ.                                       

ފޯން: 3354903 / 3354904 

އީ-މެއިލް: procurement@mqps.edu.mv

އަސްލު ފައިލްތައް (2)

Checking download links… You can open the official notice above.

Activity uniform drawingBeelan foi / Jaduval

ބަގެއް ރިޕޯޓުކުރޭ

ދިމާވި މައްސަލައާއި އޭރު ކުރަމުންދިޔަ ކަންތައް ބުނެދީ. ޕާސްވޯޑާއި API ކީ ފަދަ ސިއްރު މައުލޫމާތު ނުލާށެވެ.

0 / 5,000 އަކުރު

މި ރިޕޯޓު ވަކި ޞަފްޙާއަކާ ނުގުޅޭނެ.