މިކޯޓުގައި ނީލަމުގައި ވިއްކާލުމަށް ބޭނުންވެފައިހުރި ބައެއް ތަކެތި ނީލަން ކިޔުމަށް މީގެ ކުރިން މިކޯޓުން ކުރެވުނު ނަންބަރު: (IUL)595-A/2026/7 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އިޖާބަދީފައިނުވާތީވެ، އެއިޢުލާން ބާތިލްކޮށް އަލުން މިކަމަށް އިޢުލާންކުރީމެވެ. ވީމާ ތިރީގައި މިދަންނަވާ ތަކެތި ނީލަންކިޔުން 23 ނޮވެމްބަރ 2026 (ހޯމަ) ދުވަހުގެ 11:00 ގައި މިކޯޓުގައި އޮންނާނެއެވެ. މި ނީލަމުގައި ތަކެތި ނަންގަވާ ފަރާތްތަކުން 23 ނޮވެމްބަރ 2026 ދުވަހުގެ 14:00 ކުރިން ނީލަމުން ނަންގަވާ ތަކެތި ގެންދަވަން ވާނެއެވެ. އަދި 23 ނޮވެމްބަރ 2026 ދުވަހުގެ 12:00 ގެ ކުރިން ނީލަމުގެ ފައިސާ ކޯޓަށް ދައްކަވާ ނިންމަވަން ވާނެއެވެ. މިނީލަމުގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވެ ވަޑައިގެން ދެއްވުމަކީ މިކޯޓުގެ އެދުމެކެވެ. ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
| ނަންބަރު | އަދަދު | ތަފްޞީލް | ނީލަންފެށޭ އަގު (ރުފިޔާ) | ފަހަރަކު މަދުވެގެން އިތުރުކުރެވޭ ޢަދަދު (ރުފިޔާ) |
| 1 | 1 | ޝޯކޭސް ބުކްޝެލްފް | 202.50 | 10.00 |
| 2 | 1 | ހައި ކެބިނެޓް | 344.88 | 10.00 |
| 3 | 1 | ބެންޗް (4 ސީޓް) | 445.20 | 10.00 |
| 4 | 1 | އޭސީ (9000ބީޓީޔޫ) | 730.00 | 10.00 |
| 5 | 1 | ޓީވީ (55") | 746.80 | 10.00 |
| 6 | 1 | ބައިންޑިންގ މެޝިން | 336.20 | 10.00 |
| 7 | 1 | ޔޫ.ޕީ.އެސް | 126.00 | 10.00 |
| 8 | 1 | ޓެލެފޯން | 115.00 | 10.00 |
| 9 | 1 | އައި.ޕީ ފޯން | 130.00 | 10.00 |