ތަމްރީނު(IUL)22-HE/22/2026/320
ކޮލަމްބޯ ޕްލޭން ސްކޮލަރޝިޕް 2027 ( ލީ ކުއާން ޔޫ ސްކޫލް އޮފް ޕަބްލިކް ޕޮލިސީ)
| ޤައުމު: ސިންގަޕޫރް | 02 މާސްޓަރސް ޑިގްރީ | ކޯހުގެ ލެވެލް އަދި ޢަދަދު: |
މާސްޓަރސް އިން ޕަބްލިކް ޕޮލިސީ މާސްޓަރސް އިން އިންޓަރނޭޝަނަލް އެފެއަރސް މާސްޓަރސް އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން | ދާއިރާ | |
މާސްޓަރސް ޑިގްރީގެ ޝަރުތު: 1. ހުށަހަޅާ ކޯހަކާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ޙާޞިލްކޮށްފައިވުން. 2. ދައުލަތުގެ އިދާރާއެއްގެ ޕޮލިސީ ލެވެލްގައި މަސައްކަތްކުރާ ފަރާތަކަށްވުން. 3. މި މިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑް ކުރެވިފައިވާ ގައިޑްލައިން އަދި ކޮލަމްބޯ ޕްލޭން ވެބްސައިޓްގައި އިތުރު ޝަރުތެއްވާނަމަ އެޝަރުތު ފުރިހަމަވުން. އެދޭ ކޯހަކާގުޅޭ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ޝަރުތުތައް: 1. މި މިނިސްޓްރީއިން ނުވަތަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަގާފައިވާނަމަ ޑީފޯލްޓެއް ނެތި އެލޯނެއް ގަވާއިދުން ދައްކަމުންދާ ފަރާތެއް ކަމުގައިވުން. 2. އެދޭ ކޯހަކީ މިހާރު ހާސިލްކޮށްފައިވާ އެންމެ މަތީ ސެޓްފިކެޓަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން. އަދި އެދޭ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައި ނުވުން. | ކޯހުގެ ޝަރުތު: | |
ފުރިހަމަކުރައްވާފައިވާ އެޕްލިކޭޝަން ފޯމާއެކު ހުށަހަޅުއްވަން ޖެހޭތަކެތި 1. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. 2. ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ (ގްރޭޑިންގ ކްރައިޓީރިއާ އެނގޭގޮތަށް). 3. މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. 4. މުއްދަތު ހަމަނުވާ ޕާސްޕޯޓް ކޮޕީ. 5. ވަޒީފާ އަދާކުރާ ކަމުގެ ލިޔުން. 6.ވަޒީފާ އަދާކުރާ ތަނުން ސްކޮލަޝިޕްގައި ބައިވެރިވުމާމެދު އިޢުތިރާޒެއް ނެތްކަމުގެ ލިޔުން. 7. ފުރިހަމަ ކޮށްފައިވާ ސީވީ. 8. ޚިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ، ބޮންޑުކުރި ތަނަކުން އެބޭފުޅަކު މި ކޯހަށް ދޫކުރާނެކަމުގެ ލިޔުން. 9. މިނިސްޓްރީއިން ނުވަތަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ލޯނު ނަގާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ގަވައިދުން ޑިފޯލްޓެއް ނެތި ލޯނު ދައްކާ ފަރާތްތަކުން މިސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހަޅާނަމަ، ކުރިން ނަގާފައިވާ ލޯނު ދައްކަމުން ގެންދާނެ ކަމަށް ބަޔާންކޮށް އެފަރާތުގެ ލިޔުމެއް. | ހުށަހަޅަންޖެހޭ ތަކެތި: | |
* މި ސްކޮލަރޝިޕްއާއި ގުޅޭ އިތުރު މަޢުލޫމާތު މި މިސްޓްރީގެ ކުރި ޕޯޓަލްއިން ލިބެންހުންނާނެއެވެ. * މި ސްކޮލަޝިޕްގެ ދަށުން ލިބޭ ޚަރަދުތަކުގެ ތަފްޞީލް އިޢުލާނާއެކު މި މިނިސްޓްރީގެ ޕޯޓަލްއަށް އަޕްލޯޑްކޮށްފައިވާ ފްލަޔަރއިން ލިބެން ހުންނާނެއެވެ. * ސްޓޫޑެންޓް ލޯނު ސްކީމަކަށް ހޮވި، ކިޔެވުން ފަށާފައިނުވާ ފަރާތްތަކަށް މި ސްކޮލަރޝިޕް ފުރުޞަތަށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. ލޯނު އިންސްޓޯލްމަންޓް ލިބިފައިވާ ފަރާތަކުން ކިޔެވުން ނުފަށާނަމަ މި ސްކޮލަރޝިޕަށް ހުށަހަޅަންވާނީ ދޫކޮށްފައިވާ ފައިސާ އަނބުރާ ދެއްކުމަށް ފަހުގައެވެ. * އެހެން ސްކޮލަރޝިޕަކަށް ނޮމިނޭޓްވެފައިވާ ނުވަތަ ހޮވިފައިވާ ކެންޑިޑޭޓެއް މި ސްކޮލަރޝިޕް ފުރުޞަތަށް ނޮމިނޭޓް ނުކުރެވޭނެއެވެ. *މި ސްކޮލަރޝިޕާއި ގުޅޭ އިތުރު މަޢުލޫމާތު މި އިޢުލާނާއެކު އެޓޭޗްކޮށްފައިވާ "އެނެކްސް 1" އާއި ބްރޯޝާ އިން ލިބޭނެއެވެ. | އިތުރު މަޢުލޫމާތު: | |
| އޮންލައިން އެޕްލިކޭޝަން ހުށަހެޅުން: 17 ނޮވެމްބަރ 2026 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން. | ސުންގަޑި: | |
| އެޕްލިކޭޝަން ހުށަހަޅާނީhttps:// kuri.gov.mv ޕޯޓަލް މެދުވެރިކޮށެވެ. | ||
| އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ޕޯޓަލް އަދި 1474 ނަންބަރު ފޯނުން ލިބޭނެއެވެ. އަދި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ކުރާނީ schol@mohe.gov.mv އަށެވެ. | ||