- މަޤާމު:
- އިންޓަރނަލް އޮޑިޓަރ
- މަޤާމުގެ ނަންބަރު:
- J-464582
- ބޭނުންވާ އަދަދު:
- 1
- މަޤާމުގެ ގިންތި:
- ދާއިމީ
- މަޤާމުގެ ރޭންކު:
- ރޭންކް 7 - ސްޓެޕް 1
- ވަޒީފާ އަދާކުރަން ޖެހޭ ތަން:
- އިންޓަރނަލް އޮޑިޓް ޔުނިޓް/ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ، މާލެ
- މުސާރަ:
- މަހަކު 9845.00 ރުފިޔާ
- މަޤާމުގެ އެލަވަންސް:
- މަހަކު 4595.00 ރުފިޔާ
- އެހެނިހެން އެލަވަންސް:
- ހާޒިރީ އިނާޔަތް: ހާޒިރުވާ ދުވަހަކަށް 125.00 ރުފިޔާ
- ދައުލަތުގެ ޕޭ ފްރޭމްވަރކުގެ މިންގަނޑުގައިވާ ގޮތުގެ މަތިން މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.
- މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
- ވޭތުވެދިޔަ އަހަރުތަކުގެ އޮޑިޓް ރިޕޯޓްތަކުގައި (އެކްސްޓަރނަލް އަދި އިންޓަރނަލް) ފާހަގަ ކޮށްފައިވާ މައްސަލަތައް އިޝޫ ރެޖިސްޓަރގައި ރިކޯރޑްކޮށް، މޮނީޓަރ ކޮށް ފޮލޯއަޕް ހެދުން.
- ޤާނޫނީ މައްސޫލިއްޔަތެއްގެ ގޮތުން ދައުލަތުގެ މާލިއްޔާއިން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ރިޕޯޓްތަކާއި ލިޔުންތައް، ޤާނޫނީ މުއްދަތުގެ ތެރޭގައި ޤާނޫނީ ހަމަތަކާއި އެއްގޮތަށް ތައްޔާރުކޮށް، ހުށަހެޅޭތޯ ބެލުމުގެ މަސައްކަތް ކުރުން.
- މިނިސްޓްރީގެ މާލީ ބަޔާން ތައްޔާރުކުރެވޭ ޕްރޮސެސް އަހަރުން އަހަރަށް ރިވިއުކޮށް، ދައުލަތުގެ މާލިއްޔަތުގެ ޤަވާޢިދާއި އެއްގޮތަށް މާލީ ބަޔާންތައް ތައްޔާރުކޮށް، ހުށަހަޅަންޖެހޭ މުއްދަތުގައި ހުށަހަޅަމުންދޭތޯ ބެލުމުގެ މަސައްކަތް ކުރުން.
- އިންޓަރނަލް އޮޑިޓުގެ މަސައްކަތްތައް ހިނގަނީ އިންސްޓިޓިއުޓް އޮފް އިންޓަރނަލް އޮޑިޓާސް (އައި.އައި.އޭ)ގެ އިންޓަރނޭޝަނަލް ޕްރޮފެޝަނަލް ޕްރެކްޓިސެސް ފްރޭމްވަރކް (އައި.ޕީޕީ.އެފް) ސްޓޭންޑަރޑް އާއި ދައުލަތުގެ އިންޓަރނަލް އޮޑިޓްކުރުމާގުޅޭ މިންގަނޑުތަކާ އެއްގޮތަށްތޯ އަހަރުން އަހަރަށް ބެލުން.
- މިނިސްޓްރީގެ އަދި މިނިސްޓްރީގެ ދަށުން ހިންގާ އިދާރާތަކާއި ގުޅިގެން އެންޓި-ކޮރަޕްޝަން އިން ނެރުއްވާ ރިޕޯޓުތައް ރިވިއުކޮށް، އިސްލާހުކުރަން ލަފާދީފައިވާ ކަންކަން މެނޭޖްމަންޓުން ކުރިއަށްގެންދަވާގޮތް ބަލައި މެނޭޖްމަންޓުގެ މަޝްވަރާއާއި އެކު މުއްދަތެއް ކަނޑައަޅައި އެ މުއްދަތުގައި އިސްލާހީ ފިޔަވަޅު އެޅެމުންދޭތޯ ބެލުމުގެ މަސައްކަތް ކުރުން.
- އޮޑިޓްތަކާ ގުޅިގެން އެއްކުރެވޭ އެންމެހާ މަޢުލޫމާތުތައް ފައިލްކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން. އެގޮތުން، އޮޑިޓަށް ލިބޭ މަޢުލޫމާތުތަކަށް އޮޑިޓް ސެކްޝަނުގެ މުވައްޒަފުން ފިޔަވައި އިތުރު ފަރާތްތަކަށް ނުފެންނާނޭ ފަދަ ކޮންޓްރޯލުތައް ގާއިމްކުރެވިފައިވޭތޯ ބެލުމާއި ސިއްރު ހިފެހެއްޓޭކަން ކަށަވަރުކުރުން.
- ޔުނިޓުގެ މަސައްކަތާ ގުޅޭ ސިޓީ، ރިޕޯޓު އަދި އެހެނިހެން ލިޔުންތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
- މިނިސްޓްރީގެ އޮޑިޓް ކޮމިޓީގެ ސެކްރެޓޭރިއަޓް ބެލެހެއްޓެމުގެ މަސައްކަތްތައް ކުރުން. އަދި އޮޑިޓް ކޮމިޓީއަށް ހުށަހަޅަންޖެހޭ ލިޔުންތައް ތައްޔާރުކުރުން.
- ޔުނިޓުގެ މަސައްކަތްތަކާގުޅޭ ގޮތުން ތައްޔާރުކުރެވޭ އެކްޓިވިޓީ ރިޕޯޓު ތައްޔާރުކުރުން.
- މިނިސްޓްރީއާއި ދާއިރާގައި ހިމެނޭ އޮފީސްތަކުގެ މުދާބެލެހެއްޓުމާއި ފައިސާ ޚަރަދުކުރުމާއި ހިސާބުތައް ބެލެހެއްޓުމުގެ މަސައްކަތްތައް ހަރުދަނާކުރުމަށް އެހީތެރިވެ ދިނުމާއި، މިކަމަށް ހޭލުންތެރިކަން އިތުރު ކުރުވުމުގެ ގޮތުން ހިންގަންޖެހޭ ޕްރޮގްރާމްތައް ރާވާ ހިންގުމުގައި ސުޕަވައިޒަށް އެހީތެރިވުން.
- ޔުނިޓުގެ މަސައްކަތާއި ގުޅޭ ބައްދަލުވުންތައް އިންތިޒާމްކުރުމާއި، މިފަދަ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔުން.
- މަޤާމުގެ ޝަރުޠުތައް:
- މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ބެޗްލަރސް ޑިގްރީއެއް ނުވަތަ ބެޗްލަރސް އޮނަރސް ޑިގްރީއެއް ހާސިލްކޮށްފައިވުން.
މަޤާމުގެ ތަޢުލީމީ ރޮނގުތައް:
- އެކައުންޓިންގ
- އެކައުންޓިންގ އެންޑް ފައިނޭންސް
- އޮޑިޓިންގ
- ބޭންކިންގ
- ކޯޕަރޭޓް ފައިނޭންސް
- ފައިނޭންސް
- ފައިނޭންޝަލް މެނޭޖްމަންޓް
- ފައިނޭންޝަލް މާކެޓްސް
- ފައިނޭންޝަލް ޕްލޭނިންގ
- އިންޓަރނަލް އޮޑިޓިންގ
- އިސްލާމިކް ބޭންކިންގ އެންޑް ފައިނޭންސް
- އިސްލާމިކް ފައިނޭންސް
- ޕަބްލިކް ފައިނޭންސް
ގުޅޭވަޒީފާގެ ދާއިރާތައް:
- އޮޑިޓިންގގެ މަސައްކަތްތައް
- އިންޓަރނަލް އޮޑިޓިންގގެ މަސައްކަތްތައް
- ޕަރފޯމަންސް އޮޑިޓިންގގެ މަސައްކަތްތައް
- އެކައުންޓިންގގެ މަސައްކަތްތައް
- ފައިނޭންސްގެ މަސައްކަތްތައް
- އެޝުއަރަންސް ސަރވިސަސްގެ މަސައްކަތްތައް
- ހުށަހަޅަންޖެހޭ ލިޔުންތައް:
-
ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
-
ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
-
ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
-
ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
-
ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
-
މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".
-
- ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
- މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.
- މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2026 ނޮވެންބަރު 19 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް jobs@environment.gov.mv މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
- ޝޯޓްލިސްޓުކުރުން:
- މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
- އިންޓަރވިއު އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:
- މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާނު އޮންނާނީ، 22 ނޮވެންބަރު 2026 އާއި 10 ޑިސެންބަރު 2026 އާ ދެމެދު، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ ގައެވެ.
- "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން
- އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3018329،3018324އަށެވެ. އީ-މެއިލް ކުރާނީ jobs@environment.gov.mv އަށެވެ.
ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.