ޢާންމު މަޢުލޫމާތު(IUL)353/353/2026/84
ގޯތީގެ އިމުން ބޭރަށް ދޮރާއި އޭސީ ފަދަ ތަކެތި ނެރުމާބެހޭ
އިޢުލާނު
ގޯތީގެ އިމުން ބޭރަށް ދޮރާއި އޭސީ ފަދަ ތަކެތި ނެރުމާބެހޭ
އިމާރާތްކުރުމުގެ ގަވާއިދުތަކުގެ ދަށުން، ޕޭވްމަންޓް ލެވެލްއިން ފެށިގެން 3 މީޓަރު ތިރިން މަގުމައްޗަށް ހުޅުވޭ ގޮތަށް ދޮރު ލުމާއި، މަގަށް ހިނގާ މީހުންނަށް އުނދަގޫވާ ގޮތަށް އޭސީ ބޭރު ޔުނިޓް ނެރެފައި ބެހެއްޓުމަކީ މަނާ ކަމެކެވެ. މި ކަންކަމަކީ އާންމު ރައްޔިތުންގެ ރައްކާތެރިކަމާއި، މަގުމަތީގެ ސާފުތާހިރުކަން ދެމެހެއްޓުމަށް ކަނޑައަޅާފައިވާ މުހިންމު އުސޫލުތަކެކެވެ.
މަގަށް ހުޅުވޭ ދޮރުތަކާ ބެހޭ:
ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތީގެ ނުވަތަ ބިމުގެ މަގާ ގުޅޭ އިމުގައި ހުންނަ ދޮރާއި ޢިމާރާތުގައި ހުންނަ ކުޑަދޮރާއި ފެންލައިޓުގެ ދޮރުފަތް އިމުން ބޭރަށް މަގަށް ހުޅުވޭނީ ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.
. އެފަދަ އެއްޗަކީ ދުވާރުން ފެށިގެން 2.743 މީޓަރު ނުވަތަ 9 ފޫޓަށް ވުރެ ތިރިން އިމުން ބޭރަށް މަގަށް ހުރި އެއްޗެއްކަމުގައި ނުވުން.
. އެފަދަ އެއްޗަކީ ދުވާރުން ފެށިގެން 2.743 މީޓަރު ނުވަތަ 9 ފޫޓަށް ވުރެ މަތިން، 0.457 މީޓަރު ނުވަތަ 499.1 ފޫޓަށް ވުރެ ބޭރަށް ހުރި އެއްޗެއްކަމުގައި ނުވުން.
އޭސީ ބޭރު ޔުނިޓް (އައުޓްޑޯ ޔުނިޓް) ހަރުކުރުމާބެހޭ:
މަގަށް ނެރުން މަނާވުން: ގޯތީގެ އިމުން ބޭރަށް މަގުމައްޗަށް ނުކުންނަ ގޮތަށް އޭސީގެ ބޭރު ޔުނިޓް ހަރުކުރުމަކީ އިމާރާތްކުރުމުގެ މިންގަނޑުތަކާ ޚިލާފު ކަމެކެވެ. އޭސީ ޔުނިޓް ހަރުކުރަން ވާނީ ގޯތީގެ އިމުގެ އެތެރޭގައި ނުވަތަ ބެލްކަނި ފަދަ އަމިއްލަ ޖާގައިގައެވެ.
ހޫނު ވައި ބޭރުވުން: މަގުމަތިން ހިނގާ މީހުންގެ ގަޔަށް ސީދާ އޭސީގެ ހޫނު ވައި އެޅޭ ގޮތަށް ތިރީގައި ޔުނިޓް ބެހެއްޓުމަކީ އާންމު އުނދަގުލެއްގެ ގޮތުގައި ބެލެވޭ ކަމެކެވެ.
ފެން ތިކި ޖެހުން: އޭސީން ބޭރުވާ ފެން މަގުމައްޗަށް ނުވަތަ ޕޭވްމަންޓް މައްޗަށް ފައިބާ ގޮތަށް ހޮޅި ދޫކޮށްފައި ބެހެއްޓުމަކީ މަނާ ކަމެކެވެ. އެ ފެން ހުންނަން ވާނީ އިމާރާތުގެ ޑްރެއިނޭޖް ނިޒާމާ ގުޅާފައެވެ.
01 جُمَادَىٰ ٱلْآخِرَة 1448
10 ނޮވެމްބަރ 2026
އިބްރާހީމް ޢުޘްމާން
ކައުންސިލްގެ ރައީސް