މަސައްކަތް(IUL)353/353/2026/82
މޮނިއުމަންޓުގެ މޮޑެލްތައް ހަދައިދޭނެ ފަރާތެއް ހޯދުން
އިޢުލާނު
މޮނިއުމަންޓުގެ މޮޑެލްތައް ހަދައިދޭނެފަރާތެއް ހޯދުން
މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ''މޮނިއުމެންޓުގެ މޮޑެލްތައް'' ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ މިމަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާވަލާއި އެއްގޮތަށް ބީލަން ހުށަހެޅުމުގެ ކަންތައްތައް ކުރިއަށް ގެންދެވުން އެދެމެވެ. ބީލަމުގައި ރަޖިސްޓަރީ ކުރެއްވުމަށް ބޭނުންވެލައްވާ ފަރާތްތަކުން ބިޑްރަޖިސްޓްރީކުރާ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު 16 ނޮވެމްބަރ 2026 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ހުށައެޅުއްވުން އެދެމެވެ.
| ތަފްސީލް | ތަން | ދުވަސް | ތާރީޚް | ގަޑި |
| ބިޑް ރެޖިސްޓްރޭޝަން | އދ ދިގުރަށު ކައުންސިލް އިދާރާ | ހޯމަ | 16 ނޮވެމްބަރ 2026 | 14:00 |
| މައުލޫމާތު ދިނުން | އދ ދިގުރަށު ކައުންސިލް އިދާރާ | ހޯމަ | 16 ނޮވެމްބަރ 2026 | 11:00 |
| ބިޑް ހުށަހެޅުން | އދ ދިގުރަށު ކައުންސިލް އިދާރާ | ބުރާސްފަތި | 19 ނޮވެމްބަރ 2026 | 13:00 |
ބީލަން ހުށަހެޅުމަށް ބިޑް ރަޖިސްޓަރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތަށް ބަލައި ނުގަނެވޭނެ ވަހަކަ ދަންނަވަމެވެ. ބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނުނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ. މި ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން
ބިޑް ރަޖިސްޓަރީކުރުމަށް އެދޭ ފޯމު މިއިދާރާގެ ކައުންޓަރުން ގަންނަށް ލިބެން ހުންނާނެއެވެ. މި ފޯމުގެ އަގަކީ -/100 ރުފިޔާއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަންބަރު 6680631 ފޯނަށް ގުޅުއްވާ ނުވަތަ info@dhigurah.gov.mv އަށް އީމެއިލަށް މެއިލް ކުރެއްވުމަށް ދަންނަވަމެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
01 جُمَادَىٰ ٱلْآخِرَة 1448
10 ނޮވެމްބަރ 2026
އިބްރާހީމް އުޘްމާން
ކައުންސިލްގެ ރައީސް