ބީލަން(IUL)GS164/2026/09
2027 ވަނަ އަހަރު ރަތްމަންދޫ ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން
އިޢުލާން ނަންބަރު: (IUL)GS164/2026/09
ޕްރޮކިއުމަންޓް ނަންބަރު: GS164-P/2026/01
ބީލަން ހުށަހެޅުމުގެ ދަޢުވަތު
2027ވަނަ އަހަރު ރަތްމަންދޫ ސްކޫލް ސެކިއުރިޓީ ބެލެހެއްޓުން
1. 2027 ޖަނަވަރީ 01 އިން 2027 ޑިސެންބަރު 31 ގެ ނިޔަލަށް 01 އަހަރުދުވަހުގެ މުއްދަތަށް މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މިމަސައްކަތް ކޮށްދިނުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
2. މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
3. މި ބީލަމުގައި ބައިވެރިވާންއެދޭ ފަރާތްތަކުން 2026 ނޮވެންބަރު 10 އިން 2026 ނޮވެންބަރު 18 ގެ ނިޔަލަށް ތިރީގައިވާ އީމެއިލް މެދުވެރިކޮށް "ބީލަން ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
4. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2026 ނޮވެންބަރު 19 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
5. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން 2026 ނޮވެންބަރު 24 ވަނަ ދުވަހުގެ 13:00 ގައި ރަތްމަންދޫ ސްކޫލުގައެވެ.
6. މި މަސައްކަތުގެ ބީލަން ފޮތް އަދި ބީލަން ރަޖިސްޓްރީ ފޯމް މި އިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
7. މި މަސައްކަތާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- ރަތްމަންދޫ ސްކޫލު
- ފޯން: 6724733 / 6724734
- އީ-މެއިލް: admin@raiymandhooschool.edu.mv