މަސައްކަތް(IUL) 329/329/2026/61
އޮޅުވެލިފުށީ ޕޮލިސް ސްޓޭޝަން ހިންގާ ޢިމާރާތް މަރާމާތު ކުރުމަށް ކުރި އިޢުލާން ނަންބަރ ( (IUL) 329/329/2026/59) ބާތިލް ކޮށް އަލުން އިޢުލާންކުރުން
| --- |
އޮޅުވެލިފުށީ ޕޮލިސް ސްޓޭޝަން ހިންގާ ޢިމާރާތް މަރާމާތު ކުރުން މިއިދާރާގެ ނަންބަރު: IUL/329/329/2026/59 އިޢުލާން ބާޠިލްކުރުމަށްފަހު އަލުން އިޢުލާން ކުރަމެވެ. މި އިދާރާއިން ދޭ މައުލޫމާތާ އެއްގޮތަށް އޮޅުވެލިފުށީ ޕޮލިސް ސްޓޭޝަން ހިންގާ ޢިމާރާތް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚުގައި މި އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުން އޮންނާނީ 17 ނޮވެންބަރު 2026 ވާ އަންގާރަ ދުވަހުގެ 13:00 ގައި އޮޅުވެލިފުށީ ކައުންސިލް އިދާރާގައެވެ. ބީލަން ހުށަހެޅުން އޮންނާނީ 22 ނޮވެންބަރު 2026 ވާ އާދީއްތަ ދުވަހުގެ 13:00 ގައި އޮޅުވެލިފުށީ ކައުންސިލް އިދާރާގައެވެ. މި މަސައްކަތް ކުރުމަށް އަންދާސީ ހިސާބު ހުށަހެޅޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި (19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ. ފާދިއްޕޮޅު އޮޅުވެލިފުށީ ކައުންސިލްގެ އިދާރާ އީމެއިލް: info@olhuvelifushi.gov.mv ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ. |
01 ޖުމާދަލްއާޚިރާ 1448 10 ނޮވެންބަރު 2026 |