GazetteEnglish beta
Back to announcements
English translation pendingYou can read the Dhivehi original below while the translation loads. The first translation may take several minutes while the model starts.

ވަޒީފާގެ ފުރުޞަތު(IUL)MUH/1/2026/151

ބިދޭސީން ތިބި މަޤާމްތަކަށް ދިވެހިންނަށް ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވާލުން.

މުޙްޔިއްދީން ސްކޫލް
ތާރީޚުސުންގަޑި

ބިދޭސީން ތިބި މަޤާމްތަކަށް ދިވެހިންނަށް ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވާލުން.

މި މަޤާމުތަކަކީ  ސިވިލް ސަރވިސް ކޮމިޝަންގެ ނަމްބަރ 15/2017 (20 ނޮވެމްބަރ 2017) ސަރކިއުލަރގެ ދަށުން ބިދޭސީން ތިބި މަޤާމުތަކަށް ދިވެހިންނަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުމުގެ ގޮތުން ކުރެވޭ އިޢުލާނެކެވެ.

މަޤާމު:ޓީޗަރ
ސްޕެޝަލައިޒޭޝަންބޭނުންވާ އަދަދު:މަޤާމުގެ ނަންބަރު:ތަޢުލީމީ ދާއިރާ
މެރިން ސައިންސް1J-399372މެރިން ސައިންސް ، އެޑިޔުކޭޝަން، ޓީޗިންގ
މެތެމެޓިކްސް1

J-400428

J-396739

މެތަމެޓިކްސް ، އެޑިޔުކޭޝަން، ޓީޗިންގ
ކޮމްޕިއުޓަރ ސްޓަޑީޒް1J-317083ކޮމްޕިއުޓަރ ސްޓަޑީޒް ، އެޑިޔުކޭޝަން، ޓީޗިންގ
ޓުއަރިޒަމް ސްޓަޑީޒް1J-264858ޓުއަރިޒަމް ސްޓަޑީޒް ، އެޑިޔުކޭޝަން، ޓީޗިންގ
ހެލްތް އެންޑް ފިޒިކަލް އެޑިޔުކޭޝަން2

J-366720

J-454338

ހެލްތް އެންޑް ފިޒިކަލް އެޑިޔުކޭޝަންް ، އެޑިޔުކޭޝަން، ޓީޗިންގ
އިގިރޭސި3

J-264872

J-317082

J-397496

އިގިރޭސި، އެޑިޔުކޭޝަން، ޓީޗިންގ
ކެމިސްޓްރީ1J-378999ކެމިސްޓްރީ، އެޑިޔުކޭޝަން، ޓީޗިންގ
މަޤާމުގެ ގިންތި:ދާއިމީ
މަޤާމުގެ ރޭންކު:ރޭންކް 1 ން  3 އަށް
ޕަބްލިކް ސަރވިސް ރޭންކްޕަބްލިކް ސަރވިސް ރޭންކް 5 ން  8 އަށް
ވަޒީފާ އަދާކުރަން ޖެހޭ ތަން:މުޙްޔިއްދީން ސްކޫލް ، ވިލިމާލެ
މުސާރައާއި އެލަވަންސްތައްޓީޗަރ ރޭންކްމުސާރަމަޤާމުގެ އެލަވަންސްހާޟިރީ އެލަވަންސް (ޙާޟިރުވާ ކޮންމެ ދުވަހަކަށް)

ރޭންކް 1

(ޕަބްލިކް ސާރިވިސް ރޭންކް 5)

-/9214 ރުފިޔާ-/2764 ރުފިޔާ-/75 ރުފިޔާ

ރޭންކް 2

(ޕަބްލިކް ސާރިވިސް ރޭންކް 7)

-/11564 ރުފިޔާ-/5397 ރުފިޔާ-/146 ރުފިޔާ

ރޭންކް 3

(ޕަބްލިކް ސާރިވިސް ރޭންކް 8)

-/12409 ރުފިޔާ-/5791 ރުފިޔާ-/157 ރުފިޔާ
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1-ޤައުމީ މަންހަޖުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާސިލްވާގޮތަށް ކުލާހުގައާއި ކުލާހުން ބޭރުގައި ކިޔަވައިދިނުމާއި ކިޔަވައިދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

2-ޤައުމީ މަންހަޖުގައި ދަރިވަރުންނަށް ބޭނުންވާކަމަށް ކަނޑައަޅާފައިވާ "ކީ ކޮމްޕިޓެންސީޒް " ތައް ޙާޞިލު ވާނޭގޮތަށް ކިޔަވައިދިނުމުގައި ބޭނުންކުރާ ލެސަން ޕްލޭންތަކާއި ކްލާސްރޫމްގެ މާހައުލު އަދި އިތުރު ހަރަކާތްތައް ރޭވުން

3-ދަރިވަރުންލައްވާ ކުރުވާ ޕްރެކްޓިކަލް މަސައްކަތްތައް ބެލެހެއްޓުމާއި ދަރިވަރުންނަށް ބާއްވާ ތަފާތު އެކިއެކި ޓެސްޓްތަކުގެ ޕޭޕަރު ތައްޔާރުކުރުމާއި ޓެސްޓްތައް އެޑްމިނިސްޓަރ ކުރުން.

4-ކިޔަވައިދޭ މާއްދާއާ ގުޅޭގޮތުން ދަރިވަރުންގެ ފޮތްތަކާއި އެސެސްމަންޓް ޕޭޕަރ، ޔުނިޓް ޓެސްޓް ޕޭޕަރުތަކާއި، ޓާމް ޓެސްޓް ޕޭޕަރު އަދި މިނޫންވެސް ދަރިވަރުންނަށް ޙާސިލްވި މިންވަރު ނުވަތަ ކުރިއެރުން ވަޒަންކުރުމަށް ބާއްވާ ޓެސްޓްތަކުގެ ޕޭޕަރުތައް މާކުކުރުން.

5-ދަރިވަރުން ޙާސިލްކުރާ މިންވަރާއި ކުރިއެރުމުގެ ރެކޯޑްތައް ބެލެހެއްޓުން.

6-ދަރިވަރުންގެ ކުރިއެރުމާބެހޭ ގޮތުން ބެލެނިވެރިންނާއި، ސްކޫލްގެ ވެރިންނާއި ތަޢުލީމީ ދާއިރާގެ ފަރާތްތަކަށް ބޭނުންވާނެ މަޢުލޫމާތު ހިއްސާ ކުރުން.

7-ޓީޗަރުން ނެތް ހާލަތްތަކުގައި، ސްކޫލްގެ ކަމާބެހޭ ފަރާތްތަކުގެ އިރުޝާދާއާއެކު އެ ޓީޗަރުންގެ މަސްއޫލިއްޔަތުތައް އަދާކުރުން.

މަޤާމުގެ ޝަރުޠުތައް:

ޓީޗަރ، ރޭންކު 3

ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު  ލެވެލް 7 ނުވަތަ 8 ގެ ޑިގްރީއެއް ނުވަތަ ބެޗްލަރސް ޑިގްރީ އޮނާރސް ޑިގްރީ އެއް ހާޞިލްކޮށްފައިވުމާއެކު، ތަޢުލީމީ/ ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9 ގެ މާސްޓާސް ޑިގްރީ ސަނަދެއް ހާޞިލްކޮށްފައިވުމާއެކު ޓީޗަރ، ރޭންކު 2 ގެ މަޤާމުގައި 4 އަހަރު ޚިދުމަތްކޮށްފައިވުން. 

ނުވަތަ،

2. ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު  ލެވެލް 7 ނުވަތަ 8 ގެ ޑިގްރީއެއް ނުވަތަ ބެޗްލަރސް ޑިގްރީ އޮނާރސް ޑިގްރީ އެއް ހާޞިލްކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ  ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާޞިލްކޮށްފައިވުމާއެކު ތަޢުލީމީ ދާއިރާއިން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9 މާސްޓާސް ޑިގްރީ ސަނަދެއް ހާޞިލްކޮށްފައިވުމާއެކު، ޓީޗަރ، ރޭންކު 2 ގެ މަޤާމުގައި 4 އަހަރު ޚިދުމަތްކޮށްފައިވުން.

ނުވަތަ،

3. ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު  ލެވެލް ލެވެލް 7 ނުވަތަ 8 ގެ ޑިގްރީއެއް ނުވަތަ ބެޗްލަރސް ޑިގްރީ އޮނާރސް ޑިގްރީ އެއް އެއް ހާޞިލްކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ  ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9 ގެ މާސްޓާރސް ޑިގްރީ ސަނަދެއް ހާޞިލްކޮށްފައިވުމާއެކު، ޓީޗަރ، ރޭންކު 2 ގެ މަޤާމުގައި 4 އަހަރު ޚިދުމަތްކޮށްފައިވުން.

ނުވަތަ،

4. ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު  ލެވެލް 7 ނުވަތަ 8 ގެ ޑިގްރީއެއް ނުވަތަ ބެޗްލަރސް ޑިގްރީ އޮނާރސް ޑިގްރީ އެއް ހާޞިލްކޮށްފައިވުމާއި، ތަޢުލީމީ/ ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް  10 ޑޮކްޓޯރަލް ޑިގްރީއެއް ސަނަދެއް ހާޞިލްކޮށްފައިވުން.

ނުވަތަ؛

5. ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު  ލެވެލް 7 ނުވަތަ 8 ގެ ޑިގްރީއެއް ނުވަތަ ބެޗްލަރސް ޑިގްރީ އޮނާރސް ޑިގްރީ އެއް ހާޞިލްކޮށްފައިވުމާއި، ކިޔަވައިދިނުމުގެ  ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ގެ ޑިޕްލޮމާއެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާޞިލްކޮށްފައިވުމާއި، ތަޢުލީމީ / ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 10 ޑޮކްޓޯރަލް ޑިގްރީއެއް ސަނަދެއް ހާޞިލްކޮށްފައިވުން.

ޓީޗަރ، ރޭންކު 2

ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު  ލެވެލް 7 ނުވަތަ 8 ގެ ޑިގްރީއެއް ނުވަތަ ބެޗްލަރސް ޑިގްރީ އޮނާރސް ޑިގްރީ އެއް

ނުވަތަ،

2. ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު  ލެވެލް 7 ނުވަތަ 8 ގެ ޑިގްރީއެއް ނުވަތަ ބެޗްލަރސް ޑިގްރީ އޮނާރސް ޑިގްރީ އެއް ހާޞިލްކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ  ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ގެ ޑިޕްލޮމާއެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާޞިލްކޮށްފައިވުން.

ޓީޗަރ، ރޭންކު 1

ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު  ލެވެލް 5 ގެ ޑިޕްލޮމާ ނުވަތަ ލެވެލް 6 ގެ / އެޑްވާންސް ޑިޕްލޮމާ / އެސޯސިއޭޓް ޑިގްރީ ސަނަދެއް ހާޞިލްކޮށްފައިވުން.

ކިޔަވައިދިނުމުގެ ދާއިރާ:

ޓީޗިންގ (މެތަމެޓިކްސް)

ނޯޓް: ޓީޗަރެއްގެ ޒިންމާ އަދާކުރައްވާ ކޮންމެ ފަރާތަކުން ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 އަކަށްވުރެ މަތީ ސަނަދެއް އޮންނަންޖެހޭތީ، ކިޔަވައިދޭ މާއްދާ އަށް ޚާއްޞަކުރެވިފައިވާ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލްކުރައްވާފައިވާ ފަރާތްތަކުން، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 އަކަށްވުރެ މަތިން، ޓީޗިންގ ދާއިރާގެ  ޖެނެރަލް ޓީޗިންގ ސެޓްފިކެޓެއް ފުރިހަމަކުރައްވާފައިވާނަމަ، އެ ސެޓްފިކެޓް ކިޔަވައިދިނުމުގެ ދާއިރާގެ ސަނަދެއް އޮތްކަމަށް ބެލުމުގައި ބޭނުންކުރެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:
  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2024/84/Annex%202%20-%20Application%20form1pnd4eve.a2u140d53hl.flr.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ޓީޗަރ ރޭންންކ 1 އިން ޓީޗަރ ރޭންކް 3 އާއި ދެމެދު ކްރައިޓީރިއާ

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް "ސްކޫލް ޓީޗަރުންގެ ޖޮބް މެޓްރިކްސްގެ މަޤާމުތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2022 (ފުރަތަމަ އިސްލާޙް)" ގައި ހިމަނާފައިވާނެއެވެ.

އަސާސީ ޝަރުތު ހަމަވުމުންޓީޗަރ، ރޭންކް 1 ގެ ޝަރުތު ފުތިހަމަވުމުން20
ޓީޗަރ، ރޭންކް 2 ގެ ޝަރުތު ފުތިހަމަވުމުން30
ޓީޗަރ، ރޭންކް 3 ގެ ޝަރުތު ފުތިހަމަވުމުން35
ތަޖުރިބާއަސާސީ ޝަރުތައްވުރެ އިރުތުވާ ތަޖުރިބާ05
އިންޓަރވިއު25
ޕްރެކްޓިކަލް35
މިވަގުތު ޓީޗަރުންގެ ޖޮބްމެޓްރިކްސްގެ މަޤާމެއްގައި ހުރި މުވައްޒަފެއްގެ ވަޒީފާ ބަދަލުކުރުމުގައި ދެވޭ އިސްތިސްނާޓީޗަރުންގެ ޖޮބް މެޓްރިކްސްގެ މަޤާމެއްގައި ހުރި މުވައްޒަފެއް (އެވަގުތު ހުރި ސްޕެޝަލައިޒޭޝަންއިން) ސިވިލް ސަރވިސްގެ އިދާރާއެއްގެ ޓީޗަރެއްގެ މަޤާމަށް ބަދަލުކުރާނަމަ ނުވަތަ ކުރިމަތިލައި ހޮވިއްޖެނަމަ، ވަޒީފާ ހަމަޖައްސާނީ އެވަގުތު ވަޒީފާގައި ހުރި ރޭންކުންނެވެ. އަދި އެވަގުތު ހުރި ރޭންކަށްވުރެ މަތީ ރޭންކަށް ޝަރުޠު ހަމަވާ ޙާލަތްތަކުގައި ވަޒީފާ ހަމަޖައްސާނީ ޝަރުޠުހަމަވާ މަތީ ރޭންކުންނެވެ. ނަމަވެސް، ޓީޗަރުންގެ ޖޮބް މެޓްރިކްސްގެ މަޤާމެއްގައި ހުރި މުވައްޒަފެއް ސިވިލް ސަރވިސްގެ އިދާރާއެއްގެ ޓީޗަރެއްގެ، އެވަގުތު ހުރި ސްޕެޝަލައިޒޭޝަން ނޫން އެހެން ސްޕެޝަލައިޒޭޝަންގެ މަޤާމަކަށް ވަޒީފާ ބަދަލުކުރާ ނަމަ ނުވަތަ ކުރިމަތިލައި ހޮވިއްޖެނަމަ އެފަރާތް އެފަރާތް ޝަރުޠު ހަމަކުރުމުގައި ސްކޫލް ޓީޗަރުންގެ ޖޮބް މެޓްރިކްސްގައި ބަޔާންކޮށްފައިވާ "ތަޢުލީމީ ފެންވަރު" ފުރިހަމަވާނަމަ ވަޒީފާ ހަމަޖައްސާނީ ޝަރުޠުހަމަވާ މަތީ ރޭންކުންނެވެ. އަދި އެވަގުތު ހުރި ރޭންކަށްވުރެ މަތީ ރޭންކަށް ޝަރުޠު ހަމަވާ ޙާލަތްތަކުގައި ވަޒީފާ ހަމަޖައްސާނީ ޝަރުޠުހަމަވާ މަތީ ރޭންކުންނެވެ.
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 19 ނޮވެމްބަރ 2026ގެ (14:00) ގެ ކުރިން، މުޙްޔިއްދީން ސްކޫލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް hr@muhyiddin.edu.mv މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާ އާއި އެސެސްމަންޓުގެ ނަތީޖާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާ އާއި އެސެސްމަންޓުގެ ނަތީޖާއަށް ބަލައި އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
އެސެސްމަންޓް އަދި އިންޓަރވިއު (ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:މިމަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން އަދި އެސަސްމަންޓް އޮންނާނީ 22 ނޮވެމްބަރ 2026 އާއި 26 ނޮވެމްބަރ 2026 އާ ދެމެދު މުޙްޔިއްދީން ސްކޫލް ގައެވެ. ވުމާއެކު ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުންއިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނުގެ ދަށުން މަތީގައިވާ ޝަރުތު ހަމަވާ ފަރާތެއް ދާއިމީ މަޤާމަށް ނުލިބިއްޖެނަމަ، ތިރީގައިވާ ޝަރުތު ހަމަވާ ފަރާތެއް ކޮންޓްރެކްޓް މަޤާމަކަށް ނެގުމަށް ހަމަޖެހިފައިވެއެވެ.

މަޤާމުގެ ގިންތި:

މުއްދަތު: 1 އަހަރު     

އުޖޫރަ: ކޮންމެ މަހަކު ތިރީގައި ބަޔާންކުރާ މުސާރައާއި ސަރވިސް އެލަވަންސް

މުވައްޒަފު އެންމެ މަތީ ތައުލީމީ ފެންވަރަކީމުސާރަ (މަހަކު)ސަރވިސް އެލަވަންސް (މަހަކު)
ސާނަވީ ތައުލީމު ނުވަތަ މަތީ ސާނަވީ ތައުލީމު ފުރިހަމަކުރުން ކަމަށްވާނަމަ8190.00ރ2455.00ރ
ކިޔަވައިދިނުމުގެ ރޮންގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލު ކުރުން ކަމަށްވާނަމަ8505.00ރ2555.00ރ
ކިޔަވައިދޭ މާއްދާއިން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކުރުން ކަމަށްވާނަމަ9495.00ރ2850.00ރ
ކިޔަވައިދޭ މާއްދާއިން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޟިލްކުރުން ކަމަށްވާނަމަ9845.00ރ4595.00ރ

އިތުރު ޢިނާޔަތްތައް: އިތުރުގަޑީގައި މަސައްކަތްކުރުވައިފިނަމަ، އިތުރުގަޑިއަށް ޖެހޭ މިންވަރު:

ނޯޓް:

  • ގްރޭޑް 10 ނިންމިކަން ބަޔާންކުރާ ސްކޫލް ލީވިންގ ސެޓްފިކެޓެއް ނުވަތަ ގުރޭޑް 10 ނިންމާ އިމްތިޙާނެއްގައި ބައިވެރިވެފައިވާކަމުގެ ލިޔުމެއް ލިބިފައިވާނަމަ ސާނަވީ ތައުލީމު ފުރިހަމަކުރިކަމަށް ބެލެވޭނެއެވެ.
  • ގްރޭޑް 12 ނިންމިކަން ބަޔާންކުރާ ސްކޫލް ލީވިންގެ ސެޓްފިކެޓެއް ނުވަތަ ގްރޭޑް 12 ނިންމާ އިމްތިޙާނެއްގައި ބައިވެރިވެފައިވާކަމުގެ ލިޔުމެއް ލިބިފައިވާނަމަ މަތީ ސާނަވީ ތައުލީމު ފުރިހަމަކުރިކަމަށް ބެލެވޭނެއެވެ.

ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވާނަމަ ސާނަވީ ތައުލީމު ފުރިހަމަކުރިކަމަށް ބެލެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3390634 އަށެވެ. އީ-މެއިލް ކުރާނީ hr@muhyiddin.edu.mv އަށެވެ.

ސްކޫލް ޓީޗަރުންގެ ޖޮބް މެޓްރިކްސްގެ މަޤާމުތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (https://www.csc.gov.mv/Policy/Index/74) އިން ލިބެން ހުންނާނެއެވެ.

30 ޖުމާދަލްއޫލާ 1448

Report a bug

Tell us what went wrong and what you were doing. Leave out passwords, API keys, and other private information.

0 / 5,000 characters

This report will be sent without a specific page.