FSM-ADV/2026/235
މުވައްޒަފުންބޭނުންވެއްޖެ
ތިރީގައި މިދަންނަވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
- މަޤާމް:
- ސޭލްސް އެސިސްޓަންޓް (ހދ. ހަނިމާދޫ)
- ޑިޕާޓްމަންޓް/ސެކްސަން:
- ސޭލްސް
- ބޭނުންވާ އަދަދު:
- 01
- މަސައްކަތުގެ ބާވަތް:
-
ދުވަހުން ދުވަހަށް ތެޔޮ ވިއްކުމުގެ މުޢާމަލާތްތައް ބެލެހެއްޓުމާއި، ރަސީދު ދޫކުރުމާއި، އަދި ފައިސާގެ ރެކޯޑުތައް ސައްޙަކަމާއެކު ބެލެހެއްޓުން.
-
ދުވަހުގެ ރިޕޯޓުތައް ތައްޔާރުކުރުމާއި އަދި ރިކޮންސައިލް ކުރުން.
-
ޓޭންކުތަކުގައި ވާ ތެލުގެ މިންވަރު ބަލައި ރެކޯޑުކޮށް، ތެލުގެ ސްޓޮކްގެ ޢަދަދުތައް ސައްޙަކަން ކަށަވަރުކުރުމާއި އަދި އެހެނިހެން ޓެކްނިކަލް މަސައްކަތްތައް ކުރުން
-
އިންވޮއިސްތައް ތައްޔާރުކުރުމާއި އަދި ކަސްޓަމަރުންގެ ފައިސާ ދެއްކުމުގެ މުޢާމަލާތްތައް ކުރުން.
-
ކަސްޓަމަރުންގެ ސުވާލުތަކަށް ޖަވާބުދިނުމާއި އަދި ތެލަށް އެދޭ އެދުންތައް ފުރިހަމަކުރުމާ އެކު، ރަނގަޅު ފެންވަރެއްގައި ކަސްޓަމަރ ސަރވިސް ފޯރުކޮށްދިނުން.
-
ސުޕަވައިޒާރ ނުވަތަ މެނޭޖަރ ޙަވާލުކުރާ އިދާރީ މަސައްކަތްތައް ކުރުން.
-
ހުރިހާ މުޢާމަލާތްތަކާއި ހިންގުންތައް ކުންފުނީގެ ސިޔާސަތުތަކާއި އުޞޫލުތަކާ އެއްގޮތަށް ކުރިއަށްދާކަން ކަށަވަރުކުރުން.
-
- ޝަރުތުތައް:
-
ގްރޭޑް 8 ފުރިހަމަކޮށްފައިވުން
-
ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައި ވުން
-
ފުރިހަމަ ސިއްޙަތެއްގައި ހުރި މީހެއް ކަމުގައިވުން
-
- މުސާރަ:
- 11،000ރ އާއި 12،000ރ އާއި ދެމެދު
- މަސައްކަތަށް ނިކުންނަން ޖެހޭ ތަން:
- އެފް.އެސް.އެމް އީޒީފިލް (ހދ. ހަނިމާދޫ)
ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 14 ނޮވެމްބަރ 2026 ވާ ހޮނިހިރު ދުވަހު މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު ތަޢުލީމީ ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑީ.ކާޑު އަދި ހުށަހަޅާ ދުވަހުން ފެށިގެން އެއް މަސް ދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް މި ކުންފުނީގެ ވަޒީފާގެ ޕޯރޓަލްfsm.mv/careers އިން އެޕްލައި ކުރެއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3331421/3032536 ނަންބަރަށް ގުޅުއްވުން އެދެމެވެ.