ތަމްރީނުMNU-CA-RG/2026/35
2027 ވަނަ އަހަރުގެ ފުރަތަމަ ޓާމުގެ ކޯސްތަކަށް އިޢުލާން ކުުރުން
އިޢުލާން
2027 ވަނަ އަހަރުގެ ފެބުރުވަރީ މަހުގައި މި ޔުނިވަރސިޓީން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް އެދި ހުށަހެޅުމުގެ ފުރުޞަތު 15 ނޮވެންބަރު 2026 ވާ އާދިއްތަ ދުވަހު ހެނދުނު 08:00 އިން ފެށިގެން 28 ޖެނުވަރީ 2027 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ނިޔަލަށް އޮންނާނެއެވެ. މި ކޯސްތަކާ ބެހޭ މަޢުލޫމާތު courses.mnu.edu.mv/އިން ލިބެން ހުންނާނެއެވެ. ކޯސްތަކަށް އެޕްލައިކުރުން ހަމަޖެހިފައިވަނީ އޮންލައިންކޮށް portal.mnu.edu.mv ގައިވާ ޕޯރޓަލް މެދުވެރިކޮށެވެ. އިތުރު މަޢުލޫމާތު studentservices@mnu.edu.mv އަށް މެއިލް ކުރެއްވުމުން އަދި 1445 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެ އެވެ.
ކޯސްތަކަށް ޖާގަ ދިނުމަށް ހަމަޖެހިފައިވާ އުސޫލާއި، ކޯސްތަކުގެ ޝަރުތު ބެއްލެވުމަށް މިލިންކަށް ފިއްތާލައްވާ:
Application announcement 2027 - Term 1
ކޯސްތަކަށް އެޕްލައި ކުރާއިރު ހުށަހަޅާ ލިޔުންތައް ހުންނަންވާނީއެއްފައިލެއްގޮތުގައި ކިޔަން ސާފުވާނެހެން ޕީ.ޑީ.އެފް. ފޯމެޓުގައި ސްކޭން ކުރެވިފައެވެ.
ތިރީގައި މިވާ ކޯސްތަކަށް ހޮވުނުކަމުގެ ލިޔުންދޫކުރާނީ 04 ފެބުރުވަރީ 2027 ގެ ފަހުންނެވެ.
- އެޑްވާންސްޑް ސެޓްފިކްޓް އިން ނަރސިންގ
- ބެޗްލަރ އޮފް ނަރސިންގ
- ބެޗްލަރ އޮފް އާރޓްސް އިން އާކިޓެކްޗަރަލް ޑިޒައިން
- ބެޗްލަރ އޮފް ސައިކޮލޮޖީ
- ބެޗްލަރ އޮފް މެޑިކަލް ލެބޯރަޓަރީ ސައިންސް
- ބެޗްލަރ އޮފް އޮކިއުޕޭޝަނަލް ތެރަޕީ
- ބެޗްލަރ އޮފް ސްޕީޗް ލެންގުއޭޖް ޕެތޮލޮޖީ
- ޑިގްރީ އިން ޑޮކްޓަރ އޮފް މެޑިސިންގ