ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ އިން ތިރީގައިވާ ތަކެތި ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ.
| ނީލަން ކިޔާ ތަކެތި | ތަކެތީގެ އަދަދު | ތަކެތީގެ ހާލަތު | ނީލަން ކިޔަން ފަށާއަގު (ރުފިޔާ) |
| އިލެކްޓްރޯނިކް ސާމާނު | ލޮޓް 1 | ބައުވެފައި | 2,025/- |
މިތަކެތި ނީލަމުގައި ބޭނުންފުޅުވާ ފަރާތްތަކުން، ތިރީގައި ބަޔާންކޮށްފައިވާ ގޮތަށް، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބިޑަށް އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހެޅޭނީ މަޢުލޫމާތު ސެޝަންގައި ބައިވެރިވެ، ނަން ނޯޓްކުރައްވާފައިވާ ފަރާތްތަކަށެވެ.
| ސެޝަންގެ ތަފްސީލް | ތާރީޙް | ގަޑި | ތަން |
| މަޢުލޫމާތު ސާފުކުރުން | 15 ނޮވެމްބަރ 2026 | ހެނދުނު 10:30 | އެސް.ޓީ.އޯ ޓްރޭޑް ސެންޓަރ |
| އަގުހުށަހެޅުން | 16 ނޮވެމްބަރ 2026 | ހެނދުނު 10:00 | އެސް.ޓީ.އޯ ހެޑް އޮފީސް |
އިތުރު މަޢުލޫމާތު:
- ނީލަން ކާމިޔާބު ކުރައްވާ ފަރާތްތަކުން، ބިލު ހަވާލުކުރާތާ ރަސްމީ ބަންދު ނޫން 3 (ތިނެއް) ދުވަހުގެ ތެރޭގައި ފައިސާ ދައްކަވަންވާނެއެވެ.
- ފައިސާ ދެއްކެވުމަށްފަހު ވެރިފަރާތުން ރަސްމީ ބަންދު ނޫން 3 (ތިނެއް) ދުވަހުގެ ތެރޭގައި ތަކެތި ގެންދަވަންވާނެއެވެ.
- ތަކެތި ގެންދެވުމަށް ދެވޭ މުއްދަތުގެ ތެރޭގައި މުދާ ނުގެންދާނަމަ، ބިޑް ބާޠިލްކޮށް، ކުންފުންޏަށް ފެންނަގޮތެއްގެ މަތީން މިތަކެއްޗާއިމެދު ޢަމަލުކުރެވޭނެއެވެ. މިފަދަ ޙާލަތެއްގައި، މުދަލުގެ އަގުގެ ގޮތުގައި ދައްކަވާފައިވާ ފައިސާ އަނބުރާ ނުދެވޭނެއެވެ.
- މުދާ ނުގެންދާ ފަރާތްތަށް، މިކުންފުނިން ކުރިމަގުގައި ބޭއްވޭ ނީލަންތަކުގައި ބައިވެރި ނުވެވޭނެ ވާހަކަ ދަންނަވަމެވެ.
ނީލަމާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، 9181493 ގުޅުއްވުން އެދެމެވެ.