ވަޒީފާގެ ފުރުޞަތު(IUL)1137-HR/1/2026/85
ޕްރިންސިޕަލް ނޭޝަނަލް އިންފޮރމޭޝަން ޓެކްނޮލޮޖީ އިންޖިނިއަރ (ޑެވްއޮޕްސް އިންޖިނިއަރ)
އިއުލާން
މި އިދާރާގެ ޕްރިންސިޕަލް ނޭޝަނަލް އިންފޮރމޭޝަން ޓެކްނޮލޮޖީ އިންޖިނިއަރ މަޤާމަށް ކުރިމަތިލުމަށް 07 އޮކްޓޫބަރ 2026 ގައި ކުރެވުނު ނަންބަރު (IUL)1137-HR/1/2026/76 އިއުލާނާއި ގުޅިގެން އެކަށީގެންވާ އަދަދަކަށް ޝަރުތު ހަމަވާ ފަރާތްތަކުން ކުރިމަތިލާފައިނުވާތީ، މި މަޤާމަށް ޝައުގުވެރިވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.
- މަޤާމް:
- ޕްރިންސިޕަލް ނޭޝަނަލް އިންފޮރމޭޝަން ޓެކްނޮލޮޖީ އިންޖިނިއަރ (ޑެވްއޮޕްސް އިންޖިނިއަރ)
- ބޭނުންވާ އަދަދު:
- 01 (އެކެއް)
- ވަޒީފާ އަދާކުރަންޖެހޭ ތަން:
- މޯލްޑިވްސް ޑިޖިޓަލް ސަރވިސް / މާލެ، ދިވެހިރާއްޖެ
މި މަސައްކަތާގުޅޭ މައުލޫމާތު ހިމެނޭ ގޮތައް ތައްޔާރުކުރެވިފައިވާ ޓަރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރ) މި އިޢުލާނާއެކު ހިމަނާފައިވާނެއެވެ.
މަޤާމަށް އެދި ހުށަހަޅުއްވަންވީ ގޮތާއި ސުންގަޑި:
މި ވަޒީފާއަށް ޝައުޤުވެރިވެލައްވާ ބޭފުޅުން 05 ނޮވެމްބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ޓަރމްސް އޮފް ރިފަރަންސްގައި ބަޔާންކުރެވިފައިވާ ލިޔެކިއުންތަކާއި އެކު މިއޮފީހުގެ އީމެއިލް: jobs@mds.gov.mv ފޮނުއްވުން އެދެމެވެ. އީމެއިލް ލިބުނުކަމުގައި ބަލާނީ މި އިދާރާއަށް އީމެއިލް ލިބިފައިވާ ގަޑިއެވެ.
މި ޢިއުލާނާއި ގުޅިގެން އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3344000 އަށެވެ. އީމެއިލް ކުރާނީ jobs@mds.gov.mv އަށެވެ.