ޢާންމު މަޢުލޫމާތުMTCC-PD/IU/2026/0616
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ ޕލކ އަށް 2.0-3.5 ޓަނުގެ ޕަވަރގޭޓް ޕިކަޕެއް ވިއްކާނެ ފަރާތެއް ހޯދުމަށް ގެޒެޓުގައި ޝާޢިއު ކުރުން
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ ޕލކ އަށް 2.0-3.5 ޓަނުގެ ޕަވަރގޭޓް ޕިކަޕެއް ވިއްކާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
| ތަފްސީލު | ތާރީޚް | ދުވަސް | ވަގުތު |
| މަޢުލޫމާތު ސާފުކުރުން | 22 ނޮވެމްބަރ 2026 | އާދީއްތަ | 11:00 |
| އަންދާސީ ހިސާބު ހުށަހެޅުން | 29 ނޮވެމްބަރ 2026 | އާދީއްތަ | 11:00 |
މަޢުލޫމާތު ސާފުކުރެއްވުމަށް އަދި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ޒޮނެއިރިޔާ ބިލްޑިންގ 3 ވަނަ ފަންގިފިލާގެ މީޓިންގްރޫމަށެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މައުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅޭނެ ވާހަކަ ދަންނަވަމެވެ.