ވަޒީފާގެ ފުރުޞަތު134-HR/I/2026/165
ވެއިޓަރ-ކެންޓީން/ބިޒްނަސް ސަޕޯޓް ސާރވިސަސް ޑިޕާރޓްމަންޓް/ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް
ވަޒީފާގެ ފުރުޞަތު
މިކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހަކު ހޯދަން ބޭނުންވެއެވެ.
- މަޤާމު
- ވެއިޓަރ
- ބޭނުންވާ ޢަދަދު
- 03
- ވަޒީފާގެ ބާވަތް
- 01 އަހަރު ދުވަހުގެ ކޮންޓްރެކްޓް (03 މަސް ޕްރޮބޭޝަން) 1 އަހަރު ދުވަހުގެ ކޮންޓްރެކްޓް ފުރިހަމަކުރުމުން ދާއިމީ ކުރެވޭނެއެވެ.
- ވަޒީފާ އަދާކުރަންޖެހޭ ތަން:
- ކެންޓީން /ބިޒްނަަސް ސަޕޯޓް ސާރވިސަސް ޑިޕާރޓްމަންޓް / ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް
- އަސާސީ މުސާރަ:
- 2،850.00 ރުފިޔާ
- އިތުރު ޢިނާޔަތްތައް:
- މިނިމަމްވޭޖް އެލަވަންްސް:3،619.50 އަސާސީ މުސާރައިގެ 7
- ސަރވިސް އެލަވަންސް:1،710.00 އަސާސީ މުސާރައިގެ %60
- އިތުރުގަޑި އަދި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ، އިތުރުގަޑިއާއި ބަންދުދުވަސް ތަކުގެ ފައިސާ ޤަވާޢިދުގައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ.
- ޝަރުޠު:
- ލިޔަން ކިޔަންދަތުމާއެކު ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހަކަށްވުން
- ދާއިރާގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން
- މަޤާމުގެ މަސްޢޫލިއްޔަތު:
- ކައުންޓަރތަކުގައި އެކަށީގެންވާ ގޮތަށް ކާތަކެތި ތައްޔާރުކޮށް ރޭވުން.
- ކެއުމުގެ ވަގުތުތަކުގައި ބުފޭ ކައުންޓަރތައް ސެޓްކޮށް ސާފުތާހިރުކަން ބެލެހެއްޓުން.
- ތަށިތަކާއި ކާން ބޭނުންކުރާ އިތުރު ތަކެތި ދޮވެ ސާފުކުރުން.
- ކެންޓީން އޭރިއާ ކުނިކަހާ މޮޕު އަޅާ ސާފުކޮށް ދެމެހެއްޓުން.
- ސްޓޯރުރޫމުން ބޭނުންވާ ކާތަކެތި ކެންޓީނަށް ގެނެސްދިނުން.
- ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:
ހ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
ށ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.
- އިންޓަރވިއުކުރުން:
- އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތަކާއިއެވެ.
- ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
ހ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ (ދެފުށް ފެންނާނޭހެން).
ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
ރ- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.
ބ- ޕޮލިސްރިޕޯޓް (ވަޒީފާއަށް ހޮވުނުކަން އެންގުމުން).
- ތަކެތި ހުށަހަޅަންޖެހޭ އޮފީސް:
- ވަޒީފާއަށް އެދި ހުށަހަޅުއްވާނީ މިފްކޯ ހެޑްއޮފީސް ރިސެޕްޝަން އަށް ނުވަތަ
އީމެއިލް ކުރައްވާނީ careers@mifco.mv އަށެވެ.
- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑިއަކީ 24 ނޮވެންބަރު 2026 ދުވަހުގެ 12:00 ގެ ކުރިންނެވެ.
- މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ.
ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3323932 ފޯނަށް ގުޅުއްވުން އެދެމެވެ.