GazetteEnglish beta
Back to announcements

ވަޒީފާގެ ފުރުޞަތުFSM-ADV/2026/239

މުވައްޒަފުން ބޭނުންވެއްޖެ

ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ތާރީޚުސުންގަޑި

FSM-ADV/2026/239

މުވައްޒަފުން ބޭނުންވެއްޖެ

ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މަޤާމް:
އޮފިސަރ، ފްލީޓް އޮޕަރޭޝަންސް
ޑިޕާޓްމަންޓް/ސެކްސަން:
ލޮޖިސްޓިކްސް
ބޭނުންވާ ޢަދަދު:
01
މަސްޢޫލިއްޔަތު:
  • ދުވަހުން ދުވަހަށް ތެޔޮ ބޭނުންކުރެވޭ މިންވަރު އަންގައިދޭ ރަނިންގ ޝީޓްތަކާއި، ލޮގްތަކާއި، ގުޅުންހުރި އެންމެހައި ރެކޯޑުތައް ފުރިހަމަކަމާއި ޞައްޙަކަމާއެކު ވަގުތުން ސިސްޓަމަށް އެޅުމާއި އަޕްޑޭޓްކޮށް ބެލެހެއްޓުން.

  • އެސް.އޭ.ޕީ. (SAP) ސިސްޓަމްގައި މުޢާމަލާތްތަކާ ގުޅޭ ހުރިހާ އެންޓްރީތައް ފުރިހަމަކޮށް، ރެކޯޑުތައް ސައްހަތޯ ބަލައި ކަށަވަރުކުރުން.

  • ޓްރެކަރު މެދުވެރިކޮށް އުޅަނދުފަހަރުގެ ދަތުރުފަތުރު މޮނިޓަރކޮށް، ދަތުރުތަކަށް ދިމާވާ ލަސްތަކާއި، އާދަޔާ ހިލާފު ހަރަކާތްތަކާއި އޮޕަރޭޝަނަލް މައްސަލަތައް ސުޕަވައިޒަރުންނަށް ރިޕޯޓްކުރުން.

  • ތެލުގެ ރެކޯޑުތައް ޗެކްކޮށް، ފަރަގުތަކާއި އާދަޔާ ހިލާފަށް ތެޔޮ ހޭދަވާ ކަންކަން ފާހަގަކޮށް، އެފަދަ މައްސަލަތައް ހައްލުކުރުމަށް ކަމާބެހޭ ސުޕަވައިޒަރުންނާ ގުޅިގެން މަސައްކަތްކުރުން.

  • މަހުން މަހަށް ތައްޔާރުކުރަންޖެހޭ އޮޕަރޭޝަނަލް ރިޕޯޓްތައް ތައްޔާރުކުރުން.

  • އުޅަނދުފަހަރާއި ބައުޒަރުގެ އޮޕަރޭޝަންތައް ހިންގުމުގައި ސުޕަވައިޒަރުންނަށް އެހީތެރިވުން.

  • ދުވަހުން ދުވަހަށް ބައުސަރ އޮޕްރޭޝަންތައް ކޯޑިނޭޓް ކުރުން.

  • އެސް.އޭ.ޕީ. (SAP) ޓްރާންސްފަރ އަދި ޑެލިވަރީ އެންޓްރީތައް ޕްރޮސެސްކުރުން.

  • އޯޑަރުތައް ޕްރޮސެސްކޮށް، އޮޕަރޭޝަނަލް ކޯލްތަކާއި އިންކުއަރީތަކަށް ޖަވާބުދާރީވުން.

  • ދުވަހުން ދުވަހަށް ބައުޒަރުގެ ރިޕޯޓުތައް ތައްޔާރުކޮށް އަޕްޑޭޓްކުރުން

ޝަރުތުތައް:
  • ޖީ.ސީ.އީ އޯލެވެލް ނުވަތަ އެސް.އެސް.ސީ އިމްތިޙާނުން މަދުވެގެން 3 މާއްދާއިން ފާސްވެފައިވުން.

-          މައިކްރޯސޮފްޓް  އެކްސެލް  އަދި  ވާރޑް  ފަރިތަކަމާއެކު  ބޭނުން   ކުރަން  އެނގު

މަހު މުސާރަ:
11,000ރ އާއި 12,000ރ އާއި ދެމެދު
މަސައްކަތުގެ ގަޑި:
ހެނދުނު ޝިފްޓް: 08:00–16:00 ނުވަތަ ހަވީރު ޝިފްޓް: 15:00–23:00
މަސައްކަތަށް ނިކުންނަން ޖެހޭ ތަން:
އެފް.އެސް.އެމް ހެޑް އޮފީސް

ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 18 ނޮވެމްބަރ 2026 ވާ ބުދަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ތަޢުލީމީ ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑީ.ކާޑު އަދި ހުށަހަޅާ ދުވަހުން ފެށިގެން އެއް މަސް ދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް މި ކުންފުނީގެ ވަޒީފާގެ ޕޯރޓަލް،fsm.mv/careers އިން އެޕްލައި ކުރެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3331421  /3032536 ނަންބަރަށް ގުޅުއްވުން އެދެމެވެ.

15 ނޮވެމްބަރ 2026

Report a bug

Tell us what went wrong and what you were doing. Leave out passwords, API keys, and other private information.

0 / 5,000 characters

This report will be sent without a specific page.