GazetteEnglish beta
Back to announcements

މަސައްކަތް(IUL)353/353/2026/81

މޮނިއުމަންޓުގެ ކޮންސްޓްރަކްޝަން މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލްގެ އިދާރާ
ތާރީޚުސުންގަޑި

އިޢުލާނު

މޮނިއުމަންޓުގެ ކޮންސްޓްރަކްޝަން މަސައްކަތް ކޮށްދޭނެފަރާތެއް ހޯދުން

މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ''މޮނިއުމެންޓުގެ ކޮންސްޓްރަކްޝަން '' މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ މިމަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާވަލާއި އެއްގޮތަށް ބީލަން ހުށަހެޅުމުގެ ކަންތައްތައް  ކުރިއަށް  ގެންދެވުން  އެދެމެވެ. ބީލަމުގައި ރަޖިސްޓަރީ ކުރެއްވުމަށް  ބޭނުންވެލައްވާ ފަރާތްތަކުން ބިޑްރަޖިސްޓްރީކުރާ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު 16 ނޮވެމްބަރ 2026 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ހުށައެޅުއްވުން އެދެމެވެ.

ތަފްސީލްތަންދުވަސްތާރީޚްގަޑި
ބިޑް ރެޖިސްޓްރޭޝަންއދ ދިގުރަށު ކައުންސިލް އިދާރާހޯމަ16 ނޮވެމްބަރ 202614:00
މައުލޫމާތު ދިނުންއދ ދިގުރަށު ކައުންސިލް އިދާރާހޯމަ16 ނޮވެމްބަރ 202611:00
ބިޑް ހުށަހެޅުންއދ ދިގުރަށު ކައުންސިލް އިދާރާބުރާސްފަތި19 ނޮވެމްބަރ 202613:00

          ބީލަން ހުށަހެޅުމަށް ބިޑް ރަޖިސްޓަރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތަށް ބަލައި ނުގަނެވޭނެ ވަހަކަ ދަންނަވަމެވެ. ބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނުނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ. މި ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން

ބިޑް ރަޖިސްޓަރީކުރުމަށް އެދޭ ފޯމު މިއިދާރާގެ ކައުންޓަރުން ގަންނަށް ލިބެން ހުންނާނެއެވެ. މި ފޯމުގެ އަގަކީ -/100 ރުފިޔާއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަންބަރު 6680631 ފޯނަށް ގުޅުއްވާ ނުވަތަ info@dhigurah.gov.mv އަށް އީމެއިލަށް މެއިލް ކުރެއްވުމަށް ދަންނަވަމެވެ.

            ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

01 جُمَادَىٰ ٱلْآخِرَة 1448

10 ނޮވެމްބަރ 2026

                                                 އިބްރާހީމް އުޘްމާން

                                                 ކައުންސިލްގެ ރައީސް

އަސްލު ފައިލްތައް (1)

iulaan 81

ބަގެއް ރިޕޯޓުކުރޭ

ދިމާވި މައްސަލައާއި އޭރު ކުރަމުންދިޔަ ކަންތައް ބުނެދީ. ޕާސްވޯޑާއި API ކީ ފަދަ ސިއްރު މައުލޫމާތު ނުލާށެވެ.

0 / 5,000 އަކުރު

މި ރިޕޯޓު ވަކި ޞަފްޙާއަކާ ނުގުޅޭނެ.