މުބާރާތް(IUL)30-D1/30/2026/181
46ވަނަ މަސްވެރިންގެ ދުވަހުގެ މުނާޞަބަތުގައި ބާއްވާ އާޓް އެގްޒިބިޝަނަށް އާޓްވޯކް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން
2026ވަނަ އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ޑިސެންބަރު 6 އިން 10 އަށް [ސީސައިޑް ސްޓޯރީސް] ގެ ނަމުގައި މާލޭގައި އާޓް އެގްޒިބިޝަނެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ، މި އެގްޒިބިޝަނަށް އާޓްވޯކު ހުށަހަޅަން ބޭނުންވާ ފަރާތްތައް ކަމާގުޅޭ ފޯމް (https://forms.gle/wzy8TVN6gpWWGBBm6) ފުރިހަމަ ކުރެއްވުމަށް ފަހު 25 ނޮވެމްބަރު 2024 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މި މިނިސްޓްރީއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.
މިކަމާ ގުޅޭ އިތުރު މަޢުލޫމާތު އަދި އިރުޝާދު މި އިޢުލާނާ އެކު އެއްއުރަ ކުރެވިފައިވާ ކަރުދާހުގައި ހިމެނިފައިވާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް މިނިސްޓްރީގެ ނަންބަރު 3339625 އަދި 3339223 އާ ގުޅުއްވުން އެދެމެވެ.