GazetteEnglish beta
Back to announcements

ޢާންމު މަޢުލޫމާތު(IUL)394/394/2026/99

ދިވެހި ތަރިކައިގެ ދާއިރާއިން މީހުން ބިނާކުރުމުގެ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު

ކޮޅުމަޑުލު އޮމަދޫ ކައުންސިލްގެ އިދާރާ
ތާރީޚުސުންގަޑި

ޤައުމިއްޔަތު އިޢާދަކުރުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން، ކޮންމެ ރަށަކުން ތަރިކަވެރިން އުފެއްދުމަށްޓަކައި، ފަންނާއި ސަގާފަތާއި ތަރިކައާ ބޭހޭ ވުޒާރާއާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާ ގުޅިގެން ހިންގާ އެމް.ކިއު.އޭ ލެވެލް 3 ގެ ސެޓްފިކެޓް ކޯހެއްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ.

  ކޯހުގެ މަޢުލޫމާތު:

މައިގަނޑު ބައިތައް: ދިވެހިންގެ ހަނދާންތައް އެއްކުރުމާއި، ރަށްވެހި އާސާރު

މުއްދަތު: 3 މަސް ދުވަސް

ކިޔަވައިދޭ ގޮތް: އޮންލައިންކޮށް

ފެށޭ ތާރީޚު: ޖެނުއަރީ 2027

ފުރުޞަތު: ހޮވޭ 3 ބައިވެރިންނަށް މުޅިން ހިލޭ

                 ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 22 ނޮވެމްބަރ 2026 ވާ އާދިއްތަ ދުވަހު 13:00 ގެ ކުރިން މި އިދާރާއަށް ވަޑައިގެން ނުވަތަ މި އިދާރާގެ ނަމްބަރު 6780039 އަށް ގުޅުއްވައިގެން ނަން ނޯޓު ކުރެއްވުން އެދެމެވެ.

                  މިހެންވެ މިކަން ޢާއްމުކޮށް އަންގައި އިޢުލާންކުރީމެވެ.

ބަގެއް ރިޕޯޓުކުރޭ

ދިމާވި މައްސަލައާއި އޭރު ކުރަމުންދިޔަ ކަންތައް ބުނެދީ. ޕާސްވޯޑާއި API ކީ ފަދަ ސިއްރު މައުލޫމާތު ނުލާށެވެ.

0 / 5,000 އަކުރު

މި ރިޕޯޓު ވަކި ޞަފްޙާއަކާ ނުގުޅޭނެ.