GazetteEnglish beta
Back to announcements

ގަންނަން ބޭނުންވާ ތަކެތި(IUL)413/413/2026/63

ގއ.ގެމަނަފުށީ ކައުންސިލުން ތަރައްޤީކުރާ މިއުޒިކަލް ވޯޓާ ޝޯ ފައުންޓެއިން ސިސްޓެމް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށީ ކައުންސިލްގެ އިދާރާ
ތާރީޚުސުންގަޑި

ނަންބަރ: (IUL)413/413/2026/63

ގއ.ގެމަނަފުށީ ކައުންސިލުން ތަރައްޤީކުރާ މިއުޒިކަލް ވޯޓާ ޝޯ ފައުންޓެއިން ސިސްޓެމް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ:

 ގއ.ގެމަނަފުށީ ކައުންސިލުން ތަރައްޤީކުރާ މިއުޒިކަލް ވޯޓާ ޝޯ ފައުންޓެއިން ސިސްޓަމް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

 ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ރިތީގައި މިދެންނެވިފައިވާ ގޮތުގެމަތިން މަޢުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ.

 ބީލަމުގައި ރަޖިސްޓްރީވުމަށް procurement@gemanafushi.gov.mv އަށް ޢީމެއިލް މެދުވެރިކޮށް ހުށަހަޅައިގެންނެވެ.

ތަފުސީލްތާރީޙްގަޑި
ބީލަން ހުށަހެޅުމަށް ރަޖިސްޓްރީވުމަށް10 ނޮވެންބަރ 2026 އިން 18 ނޮވެންބަރ 2026 ގެ ނިޔަލަށް18 ނޮވެންބަރ 2026 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން އޮންލައިންކޮށް
އަންދާސީ ހިސާބު ހުށަހެޅުއްވުމަށް25 ނޮވެންބަރ 2026 ވާ ބުދަ ދުވަހު14:00 ގައި ގއ.ގެމަނަފުށީ ކައުންސިލް އިދާރާގެ މީޓިންރޫމް ގައި

 އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ކޮންމެ ފަރާތަކުންވެސް ހުށަހެޅުއްވޭނީ 1 (އެކެއް) އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުން އޮންނާނީ  ގއ. ގެމަނަފުށީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމްގައެވެ. އަންދަސީ ހިސާބު ހުށަހެޅުއްވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި، ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ އަދި މިބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީ ހިސާބުތައް ހުށަހެޅުއްވުމުގެ ފުރުޞަތު ނުދެވޭނެއެވެ.

މި މަސައްކަތާ ބެހޭ މަޢުލޫމާތު ކަރުދާސް ރަޖިސްޓްރީވާ ފަރާތްތަކަށް ޢީމެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

01 ޖުމާދަލް އާޚިރު 1448

10 ނޮވެންބަރ 2026

އަސްލު ފައިލްތައް (1)

Water fountain iulaan

ބަގެއް ރިޕޯޓުކުރޭ

ދިމާވި މައްސަލައާއި އޭރު ކުރަމުންދިޔަ ކަންތައް ބުނެދީ. ޕާސްވޯޑާއި API ކީ ފަދަ ސިއްރު މައުލޫމާތު ނުލާށެވެ.

0 / 5,000 އަކުރު

މި ރިޕޯޓު ވަކި ޞަފްޙާއަކާ ނުގުޅޭނެ.