GazetteEnglish beta
Back to announcements

ޢާންމު މަޢުލޫމާތު(IUL)423/423/2026/68

ރައްޔިތުންގެ ބައްދަލުވުން

ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާ
ތާރީޚު

ކައުންސިލުން ރަށުގެ ތަރައްޤީއަށްޓަކައި ކުރަމުންދާ މުހިންމު މަސައްކަތްތަކާއި، ކުރިއަށް ރޭވިފައިވާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ލޮބުވެތި ރައްޔިތުންނާ ޙިއްޞާކޮށް، ރައްޔިތުންގެ އަޑު އަހައި ޚިޔާލު ހޯދުމަށްޓަކައި ޚާއްޞަ ބައްދަލުވުންތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ބައްދަލުވުންތަކަކީ ވީހާވެސް ގިނަ ރައްޔިތުންނަށް ފަސޭހަކަމާއެކު ބައިވެރިވެވޭނެ އިންތިޒާމުތަކާއެކު، ރައްޔިތުންނާ ވީހާވެސް ގާތުން ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުންތަކެކެވެ.

ބައްދަލުވުންތަކުގެ ތާވަލު

ތާރީޚްދުވަސްވަގުތުތަން
16 ނޮވެމްބަރ 2026ހޯމަ16:00އިން 18:00 އަށްހެރަހަމަގު ބަގީޗާ
17 ނޮވެމްބަރ 2026އަންގާރަ16:00އިން 18:00 އަށްޕިކްނިކް އޭރިއާ
18 ނޮވެމްބަރ 2026ބުދަ16:00އިން 18:00 އަށްތުންޑޭ ކޮޑާ
19 ނޮވެމްބަރ 2026ބުރާސްފަތި16:00އިން 18:00 އަށްފިނި އައްސޭރި

ރަށުގެ ކުރިމަގު ބައްޓަންކުރުމުގައި ރައްޔިތުންގެ ބައިވެރިވުމަކީ މި ކައުންސިލްގެ އެންމެ ބޮޑު އަމާޒެވެ. ވީމާ، މި މުހިންމު ބައްދަލުވުންތަކުގައި ވީހާވެސް ގިނަ ލޮބުވެތި ރައްޔިތުން ބައިވެރިވެވަޑައިގެން ދެއްވުމަކީ މި ކައުންސިލްގެ ނުހަނު ބޮޑު އެދުމެކެވެ.

ބައްދަލުވުމުގެ އެޖެންޑާ:

  1. ކައުންސިލުން ހިންގާފައިވާ އަދި މިހާރު ހިނގަމުންދާ މަޝްރޫޢުތަކާއި ޙަރަކާތްތަކުގެ ތަފްޞީލީ ރިޕޯޓް ހުށަހެޅުން.
  2. ކައުންސިލްގެ ތަރައްޤީގެ ޕްލޭން ރައްޔިތުންނާ ޙިއްޞާކުރުމާއި، އެ ޕްލޭނަށް ރައްޔިތުންގެ ޚިޔާލު ހޯދުން.
  3. ރަށުގެ ތަރައްޤީއާ ގުޅުންހުރި މުހިންމު ކަންކަމުގައި މަޝްވަރާކުރުން.
  4. ކައުންސިލްގެ މަސައްކަތްތަކާ ގުޅޭގޮތުން ރައްޔިތުން ކުރައްވާ ސުވާލުތަކަށް ޖަވާބުދާރީވުން.

ބަގެއް ރިޕޯޓުކުރޭ

ދިމާވި މައްސަލައާއި އޭރު ކުރަމުންދިޔަ ކަންތައް ބުނެދީ. ޕާސްވޯޑާއި API ކީ ފަދަ ސިއްރު މައުލޫމާތު ނުލާށެވެ.

0 / 5,000 އަކުރު

މި ރިޕޯޓު ވަކި ޞަފްޙާއަކާ ނުގުޅޭނެ.