GazetteEnglish beta
Back to announcements

ޢާންމު މަޢުލޫމާތު(IUL)343/343/2026/82

އއ. ބޮޑުފޮޅުދޫ ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލަށް ދިމާވެފައިވާ އިދާރީ އަދި ފަންނީ ދަތިތަކަށް ޙައްލު ހޯދައިދިނުމާއި، މަޢުލޫމާތު ހިއްސާކުރުމާއި ގުޅޭ (ފުރަތަމަ އިޢުލާން):-

އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
ތާރީޚު

އއ. ބޮޑުފޮޅުދޫ ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު 2026 ނަންބަރު 03/2016/343(USL) ގެ 26-1 ވަނަ މާއްދާ (އުސޫލުގައި ބަޔާންކޮށްފައި ނުވާ ކަންކަން ނިންމުން) އަށް ރިއާޔަތްކޮށް، ފޯމު ފުރުމުގައި ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެގޮތުން އަންނަނިވިގޮތަށް އަމަލުކުރުމަށް ކައުންސިލްގެ 25 ވަނަ ރަސްމީ އާންމު ޖަލްސާއިން ވަނީ ނިންމާފައެވެ.

  1. އައިޑެންޓިޓީ ކަށަވަރުކުރުމުގެ ލިޔެކިޔުން: އައިޑީ ކާޑުގެ އިތުރުން، ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއްގެ ގޮތުގައި އުފަންދުވަހުގެ ސެޓްފިކެޓް، ޑްރައިވިންގ ލައިސަންސް ނުވަތަ ޕާސްޕޯޓް ބަލައިގަތުން.
  2.  މުއްދަތު ހަމަވެފައިވާ ލިޔެކިޔުން: ގޯއްޗަށް އެދި ހުށަހަޅާ ފަރާތް ފިޔަވައި، ފޯމުގައި ހިމެނޭ އެހެނިހެން ފަރާތްތަކުގެ އައިޑީ ކާޑު، ޕާސްޕޯޓު ނުވަތަ ޑްރައިވިންގ ލައިސަންސްގެ މުއްދަތު ހަމަވެފައިވީ ނަމަވެސް ބަލައިގަތުން.
  3. ގޯތީގެ މިލްކުވެރިކަން/ބޮޑުމިން އަންގައިދޭ ލިޔުން: ގޯތީގެ ރަޖިސްޓްރީގެ އިތުރުން، ކަމާގުޅޭ އިދާރާއަކުން ދޫކޮށްފައިވާ ގޯތީގެ ބޮޑުމިން އަންގައިދޭ ރަސްމީ ލިޔުން ބަލައިގަތުން.

ވީމާ، މިކަން އާއްމުކޮށް އަންގާ އިއުލާންކުރަމެވެ.

އަސްލު ފައިލްތައް (1)

Checking download links… You can open the official notice above.

Goathi dhookurumuge dhathithakah hallu hoadhumuge mauloomaathu hissaa kuraa furathama iulaan

ބަގެއް ރިޕޯޓުކުރޭ

ދިމާވި މައްސަލައާއި އޭރު ކުރަމުންދިޔަ ކަންތައް ބުނެދީ. ޕާސްވޯޑާއި API ކީ ފަދަ ސިއްރު މައުލޫމާތު ނުލާށެވެ.

0 / 5,000 އަކުރު

މި ރިޕޯޓު ވަކި ޞަފްޙާއަކާ ނުގުޅޭނެ.