GazetteEnglish beta
Back to announcements

ބީލަން(IUL)272/272/2026/137

ކައުންސިލުންދޭ މަޢުލޫމާތާ އެއްގޮތަށް މަސްޖިދުލް-ނަސްރުގައި ކުރަންހުރި މަރާމާތުތައް ކޮށްދޭނޭ ފަރާތެއް ހޯދުމާގުޅޭ

މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލްގެ އިދާރާ
ތާރީޚުސުންގަޑި

ކައުންސިލުންދޭ މަޢުލޫމާތާ އެއްގޮތަށް މަސްޖިދުލް-ނަސްރުގައި ކުރަންހުރި މަރާމާތުތައް ކޮށްދޭނޭ ފަރާތެއް ހޯދުމާގުޅޭ 

މިކައުންސިލުން ދޭ މަޢުލޫމާތާއެއްގޮތަށް މަސްޖިދުލް ހިދާޔާގައި ކުރަންހުރި މަސައްކަތްތައް ކޮށްދޭނޭ ފަރާތެއް ހޯދުމަށް، ބޭނުންވެއެވެ. ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން، ތިރީގައި ދެންނެވިފައިވާ ދުވަހު މިއިދާރާއަށް ވަޑައިގެން ބީލަން/އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. " ބީލަންހުށަހަޅާފޯމް"  މިއިދާރާއިން ލިބެން ހުންނާނެއެވެ. އަދި އަގު ހުށަހަޅާ ފޯމާއެކު ބީލަން އިވެލުއޭޓްކުރުމުގައި ބޭނުންކުރާނެ އުސޫލުތައް ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ.

ބީލަމުގައި ރަޖިސްޓްރީވުން:

 ބީލަމުގައި ބައިވެރިވުމަށް 300.00ރ (ތިންސަތޭކަ ރުފިޔާ) ގެ ނަން-ރިފަންޑެބަލް ރަޖިސްޓުރޭޝަން ފީ އެއް ދައްކަން ޖެހޭނެއެވެ. ބީލަން ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 09 ނޮވެންބަރު 2026 ވާ ހޯމަ ދުވަހުގެ 14:00 ން 15 ނޮވެންބަރ 2026 ވާ އާދީއްތަ ދުވަހުގެ 13:00 އާއި ދެމެދު މިއިދާރާއަށް ވަޑައިގެން، ނުވަތަ ތިރީގައިވާ ލިންކް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީވުމަށް ދަންނަވަމެވެ.

ރަޖިސްޓްރޭޝަން ލިންކް: https://forms.cloud.microsoft/r/qJL5tvibRC

ނަން-ރިފަންޑެބަލް ފީ ދެއްކުން:

ބީލަމުގައި ރަޖިސްޓަރ ވާ ފަރާތްތަށް، ނަން-ރިފަންޑެބަލް ފީ ގެ ގޮތުގައި ދައްކަން ޖެހޭ 300.00ރ (ތިންސަތޭކަ ރުފިޔާ)، 18 ނޮވެންބަރު 2026 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ ކައުންސިލްގެ އެކައުންޓަށް ޖަމާކުރަންވާނެއެވެ. އަދި ފައިސާ ޖަމާކުރާއިރު ރިމާކްސްގައި ތަފުސީލު ޖެއްސެވުމަށްފަހު ސްލިޕް ފޮނުވާނީ މިކައުންސިލްގެ ވައިބަރ  ނަންބަރު: 9874096 ށް ނުވަތަ މިކައުންސިލުގެ މެއިލް: finance@noomaraa.gov.mv އަށެވެ.

އެކައުންޓް ނަންބަރު: 7724700303001

އެކައުންޓް ނަން: 1311 REVENUE 01

މަޢުލޫމާތު ސާފުކުރުން:

މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް ބީލަމުގެ ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް މެއިލު ކުރެވޭނެއެވެ. ބީލަމާއި ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންވެލައްވާނަމަ އީމެއިލް ކުރައްވާނީ 18 ނޮވެންބަރު 2026 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން މިކައުންސިލްގެ procurement@noomaraa.gov.mv  އީމެއިލް އެޑްރެހަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6540042 ނަންބަރާއެވެ.

ބީލަން ހުށަހެޅުން:

ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 19 ނޮވެންބަރު 2026 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި، ނޫމަރާ ކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލުގައެވެ. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީ ނުވާފަރާތްތަކުގެ ބީލަމާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަންތައް އަދި އީމެއިލްގެ ޒަރީއާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަނެވޭނެއެވެ. އަދި މަޢުލޫމާތު ފުރިހަމަނުވާ ބީލަންތަކާއި ހުށަހަޅުއްވަން ޖެހޭ ލިޔުންތައް ހުށަނާޅާ ބީލަންތައް ޑިސްކޮލިފައި ކުރެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

ބިޑު ހުށަހެޅުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އައި.ޑީ ކާޑު އަދި ކުންފުނި ނުވަތަ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. އަދި ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެކަން ބަޔާކޮށްފައިވާ ސިޓީއާއެކު، ބަދަލުގައި ވަޑައިގަންނަވާ ކުންފުނި ނުވަތަ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ އަދި ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ އައިޑީ ކާޑު ކޮޕީ ހުށަހަޅަން ވާނެއެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

އަސްލު ފައިލްތައް (1)

Checking download links… You can open the official notice above.

BEELAN FOI

ބަގެއް ރިޕޯޓުކުރޭ

ދިމާވި މައްސަލައާއި އޭރު ކުރަމުންދިޔަ ކަންތައް ބުނެދީ. ޕާސްވޯޑާއި API ކީ ފަދަ ސިއްރު މައުލޫމާތު ނުލާށެވެ.

0 / 5,000 އަކުރު

މި ރިޕޯޓު ވަކި ޞަފްޙާއަކާ ނުގުޅޭނެ.