GazetteEnglish beta
Back to announcements

މަސައްކަތް(IUL)320-FNP/320/2026/92

ބ. އޭދަފުށި ޑްރައިވިންގ ޓްރެކްގެ ހުޅަނގު ފަރާތުގައި އޮންނަ ހުސްބިމުގައި ތަޅުމާއި ބުޑު އަދި މެޝިންތައް ހަރުކޮށްދޭނެ ފަރާތެއް ހޯދުމާ ބެހޭ

މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ތާރީޚުސުންގަޑި

އިޢުލާނު

ބ. އޭދަފުށި ޑްރައިވިންގ ޓްރެކްގެ ހުޅަނގު ފަރާތުގައި އޮންނަ ހުސްބިމުގައި ތަޅުމާއި ބުޑު އަދި މެޝިންތައް ހަރުކޮށްދޭނެ ފަރާތެއް ހޯދުމާ ބެހޭ
ބ. އޭދަފުށި ޑްރައިވިންގ ޓްރެކްގެ ހުޅަނގު ފަރާތުގައި އޮންނަ ހުސްބިމުގައި، ތިރީގައިވާ މިންތަކަށް ތަޅުން އެޅުމާއި، ޖިމް މެޝިނަރީ ހަރުކޮށް ކޮންކްރީޓް ބުޑުއެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ކޯޓޭޝަން ހުށަހެޅުން:
މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 15 ނޮވެމްބަރ 2026 (އާދިއްތަ ދުވަހުގެ) 13:30 ގެ ކުރިން އީމެއިލް މެދުވެރިކޮށް info@eydhafushi.gov.mv އަށް ކޯޓޭޝަން ފޮނުއްވުން އެދެމެވެ. ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ ކޯޓޭޝަންތައް ބަލައިނުގަނެވޭނެއެވެ.

ނޯޓް:
ކޯޓޭޝަންގައި މަސައްކަތް ކޮށްދޭނެ ޖުމްލަ އަގާއި، ނިންމާނެ މުއްދަތު އަދި ވިޔަފާރިއެއް ނަމަ ސީލް (ތައްގަނޑު) ހިމަނާފައި އޮންނަންވާނެއެވެ. ކޯޓޭޝަން ވެލިޑިޓީގެ ގޮތުގައި 30 ދުވަސް އޮންނަންވާނެއެވެ.
މަސައްކަތުގެ ތަފްޞީލު:
1. މަސައްކަތުގެ ބާވަތް: ތަޅުންއެޅުމާއި، ޖިމް މެޝިނަރީތައް ހަރުކުރުމާއި ކޮންކްރީޓް ބުޑުއެޅުން.
2. ތަޅުމުގެ މިން: ދިގު 60 ފޫޓު × ފުޅާ 8 ފޫޓު × ބޯމިން 2 އިންޗި.
3. މެޝިން ބުޑުތައް: މެޝިންތައް ހަރުކުރުމަށްޓަކައި އަޅަންޖެހޭ ކޮންކްރީޓް ބުޑުތަކުގެ އެންމެ ކުޑަމިނަކީ 1 ފޫޓު (ދިގު) × 1 ފޫޓު (ފުޅާ) × 1 ފޫޓު (އުސްމިން) އެވެ (ޖުމްލަ 12 ބުޑު)
4. ތަކެތި ފޯރުކޮށްދިނުން: މި މަސައްކަތަށް ބޭނުންވާ އެންމެހައި ތަކެތި ފޯރުކޮށްދޭނީ ކައުންސިލުންނެވެ.
5. މަސައްކަތް ނިންމުމަށްފަހު ސައިޓް ސާފުކުރުން
• މަސައްކަތް ނިމުމުން، މަސައްކަތްކުރި ސަރަޙައްދުގައި ހުރި އެންމެހައި ތަކެތި ނަގައި، އެ ސަރަޙައްދު ސާފުކުރުމަކީ މަސައްކަތް ހަވާލުވި ފަރާތުގެ ޒިންމާއެކެވެ.
• މަސައްކަތުގެ ތެރެއިން އުފެދޭ ކުނި އުކާލުމުގެ އެންމެހައި ޚަރަދެއް ކުރަންވާނީ މަސައްކަތް ހަވާލުކުރެވޭ ފަރާތުންނެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
29 ޖުމާދަލްއޫލާ 1448
09 ނޮވެމްބަރ 2026

އަސްލު ފައިލްތައް (1)

Checking download links… You can open the official notice above.

IULAAN

ބަގެއް ރިޕޯޓުކުރޭ

ދިމާވި މައްސަލައާއި އޭރު ކުރަމުންދިޔަ ކަންތައް ބުނެދީ. ޕާސްވޯޑާއި API ކީ ފަދަ ސިއްރު މައުލޫމާތު ނުލާށެވެ.

0 / 5,000 އަކުރު

މި ރިޕޯޓު ވަކި ޞަފްޙާއަކާ ނުގުޅޭނެ.