އިޢުލާން
މިކޯޕަރޭޓިވްގެ ތިރީގައި މި ދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.
- މަޤާމް:
- އެކައުންޓްސް އޮފިސަރ
- ރޭންކް:
- GS1
- މުސާރަ:
- މަހަކު -/6,500 ރުފިޔާ
- ސަރވިސް އެލަވަންސް:
- މަހަކު -/3,500 ރުފިޔާ
- ލިވިންގ އެލަވަންސް:
- މަހަކު -/3,000 ރުފިޔާ
- އެޓެންޑެންސް އެލަވަންސް:
- މަހަކު -/2,200 ރުފިޔާ
- އެހެނިހެން އިނާޔަތްތައް:
އިތުރުގަޑިއާއި ބަންދު ދުވަސްތަކުގައި މަސައްކަތް ކޮށްފިނަމަ، ޤަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އިތުރުގަޑީގެ ފައިސާއާއި ބަންދު ދުވަސްތަކުގެ ފައިސާ ލިބޭނެއެވެ.
ހަމަޖެހިފައިވާ އުސޫލުން މެޑިކަލް ހެލްތު އިންޝިއުރެންސް ލިބޭނެއެވެ.
- ބޭނުންވާ އަދަދު:
- 01
- މަސައްކަތް ކުރަންޖެހޭ ތަން:
- ޕްރިޒަން ކޯޕަރޭޓިވް ސޮސައިޓީ (ޕްރިސްކޯ) ގެ އިދާރީ އޮފީސް
- މަޤާމުގެ ޤިންތި:
- ކޮންޓްރެކްޓް (01 އަހަރު)
- ފެންވަރު ނުވަތަ ޝަރުތު:
- އެކައުންޓިންގ އެންޑް ފައިނޭންސް، ފައިނޭންސް، އެކައުންޓިންގ، ބިޒްނަސް މެނޭޖްމަންޓް، އޮޑިޓިންގ، ބޭންކިންގ ނުވަތަ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 07 ގެ ސަނަދެއް ހާސިލުކޮށްފައިވުން؛
ނުވަތަ
- އެކައުންޓިންގ އެންޑް ފައިނޭންސް، ފައިނޭންސް، އެކައުންޓިންގ، ބިޒްނަސް މެނޭޖްމަންޓް، އޮޑިޓިންގ، ބޭންކިންގ ނުވަތަ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 05 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއިއެކު، ގުޅުންހުރި ދާއިރާއަކުން މަދުވެގެން 02 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން؛
- މަޤާމުގެ މަސްޢޫލިއްޔަތު:
- ޑިޕޮސިޓް ސްލިޕްތައް އަދި ޕޭމަންޓް ވައުޗަރތައް ތައްޔާރުކުރުން.
- ޗެކް ހެދުން، ޗެކްތައް ފޮތުގައި ލިޔެ ސޮއިކުރުވާ ޗެކް ޙަވާލުކުރުން.
- އެކައުންޓް ސްޓޭޓްމަންޓްތައް ބެލެހެއްޓުން.
- ރިކޮންސައިލް ކުރުން.
- ފައިސާގެ ހިސާބުތައް އޮޑިޓް ކުރަންޖެހޭ ފަރާތްތަކުން އޮޑިޓްކުރުމުގައި އެހީތެރިވެދިނުން.
- ޓެކްސްގެ އެންމެހައި ކަންތައްތައް ބެލެހެއްޓުން.
- ފައިސާ އާއި ގުޅުންހުރި އެންމެހައި މަސައްކަތްތައް ކުރުން.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް:
މަސައްކަތުގެ ދާއިރާ:
-
ތަޢުލީމާއި ތަމްރީން.
-
މަސައްކަތުގެ ތަޖުރިބާ.
-
ގިނަ ވަގުތު ހީވާގި ކަމާއެކު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއް ކަމުގައިވުން.
-
އެކައުންޓިންގ
-
ބޭންކިންގ އެންޑް ފައިނޭންސް
-
ފައިނޭންސް
-
ޕަބްލިކް ފައިނޭންސް
-
މެނޭޖްމަންޓް އެކައުންޓިންގ
-
ފައިނޭންޝިއަލް އެކައުންޓިންގ
-
ބިޒްނަސް އެޑްމިނިސްޓްރޭޝަން
-
އޮޑިޓިންގ
-
އިންޝުއަރަންސް
-
އިކޮނޮމިކްސް / ކޮމަރސް
-
ބިޒްނަސް މެނޭޖްމަންޓް
-
- ހުށަހަޅަންޖެހޭ ލިޔުންތައް:
- ޕްރިސްކޯގެ ވަޒީފާއަށް އެދޭ ފޯމް (މިފޯމް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
- ސިވިލް ސަރވިސް އަށް / ސަރުކަރާށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހެއްނަމަ، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުން.
- ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ ވަޒީފާ އަދާކުރި ތަންތަނުގެ ރަސްމީ ލިޔުން.
- ސުންގަޑި:
- މި މަޤާމަށް އެދޭ ފަރާތްތަކުން 2026 ނޮވެމްބަރ 14 ވާ ހޮނިހިރު ދުވަހުގެ 15:00 ގެ ކުރިން ޕްރިޒަން ކޯޕަރޭޓިވް ސޮސައިޓީގެ އިދާރީ އޮފީހަށް (މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ހެޑް އޮފީސް/ ހުޅުމާލެ ޖަލު، 02 ވަނަ ފަންގިފިލާ) ހުށަހެޅުއްވުން ނުވަތަ prisoncooperativesociety@outlook.com އަށް އީމެއިލް ކުރެއްވުން އެދެމެވެ.
- އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:
މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. އަދި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުގެ އަދަދު 10 އަކަށްވުރެ ގިނަނަމަ ތަޢުލީމާއި ތަޖުރިބާއަށް ބަލައި ޝޯޓްލިސްޓް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
ހުޅަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ ފޯމުތައް ބާތިލްކުރެވޭނެ ވާހަކަ ދެންނެވީމެވެ. އެޕްލިކޭޝަން ފޯމާއިއެކު ހުށަހަޅުއްވާ ލިޔުންތަކުގެ އަދަދު އެނގޭނެގޮތައް ކޮންމެ ޞަފުހާއެއްގައި ނަންބަރ ޖެއްސެވުން އެދެމެވެ.
- އިތުރުމަޢުލޫމާތު ސާފުކުރުމަށް:
- މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް މި ސޮސައިޓީގެ ނަންބަރު 3026134 އަށް ގުޅުއްވުން އެދެމެވެ.