GazetteEnglish beta
Back to announcements

ޢާންމު މަޢުލޫމާތު(IUL)307/INDIV/2026/64

އައި.ސީ.އައި ރ. ފުޓުސަލް ޗެލެންޖު 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން:

މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ތާރީޚުސުންގަޑި

އިޢުލާން

 އައި.ސީ.އައި ރ. ފުޓުސަލް ޗެލެންޖު 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން:

              މުޅި ރ. އަތޮޅަށް ހުޅުވާލެވިގެން "އައި.ސީ.އައި ރ. ފުޓުސަލް ޗެލެންޖު 2026"ގެނަމުގައި ފުޓްސަލް މުބާރާތެއް ބޭއްވުމަށް މިކައުންސިލުންވަނީ ނިންމާފައެވެ. މި މުބަރާތަކީ ރ. އަތޮޅުގެ ޒުވާނުންނަށް ޚާއްޞަކުރެވިގެން ބާއްވާ މުބާރާތެއް ކަމަށްވާތީ މުބާރާތުގައި ބައިވެރިވެވޭނީ ހަމައެކަނި ރ.އަތޮޅަށް ނިސްބަތްވާ ޓީމްތަކަށެވެ.

މުބާރާތުގައި ދެވޭ ފައިސާގެ އިނާމު:

  • ޗެމްޕިއަން ޓީމް : 500,000 (ފަސް ލައްކަ) ރުފިޔާ

  • ރަނަރއަޕް ޓީމް : 250,000 (ދެލައްކަ ފަންސާސްހާސް) ރުފިޔާ

  • ފެއަރޕްލޭ ޓިމް : 50,000 (ފަންސާސްހާސް) ރުފިޔާ

        މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ޓީމްތަކުން 22 ނޮވެމްބަރ 2026 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން މިކައުންސިލްގެ ޓޯނަމެންޓްސް ޕޯޓަލް)  ( https://tournaments.ici.gov.mv ގައި ޓީމް ރެޖިސްޓަރކުރެއްވުން އެދެމެވެ. އަދި 29 ނޮވެމްބަރ 2026 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން ޕޯޓަލްއަށް ޓީމް ލިސްޓް ހުށަހެޅުން އެދެމެވެ. އަދި ދެންނެވިފައިވާ ތާރީޚަށްވުރެ ފަހުން ހުށަހަޅާ އެއްވެސް ފޯމެއް އަދި ޓީމް ލިސްޓެއް ބަލައި ނުގަނެވޭނެ ވާހަކަވެސް މިފުރުޞަތުގައި ދަންނަވަމެވެ.

        ވީމާ، މުބާރާތުގެ ޤަވައިދާއި، މުބާރާތުގެ ބައިވެރިވުމަށް އެދޭ ފޯމް އަދި ޓީމް ލިސްޓް ހުށަހަޅާ ފޯމްގެ ލިންކް  މިއިއުލާނާއެކު އާންމުކޮށް އިޢުލާންކުރީމެވެ.

މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

އަސްލު ފައިލްތައް (2)

Checking download links… You can open the official notice above.

އިޢުލާންމުބާރާތުގެ ގަވާއިދު

ބަގެއް ރިޕޯޓުކުރޭ

ދިމާވި މައްސަލައާއި އޭރު ކުރަމުންދިޔަ ކަންތައް ބުނެދީ. ޕާސްވޯޑާއި API ކީ ފަދަ ސިއްރު މައުލޫމާތު ނުލާށެވެ.

0 / 5,000 އަކުރު

މި ރިޕޯޓު ވަކި ޞަފްޙާއަކާ ނުގުޅޭނެ.