GazetteEnglish beta
Back to announcements

ބީލަން(IUL)425-A2/1/2026/251

ވިލިމާލެ ސިނާއި ސަރަހައްދުގެ ލޭންޑް ސާރވޭއެއް ހަދައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ،

މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ތާރީޚުސުންގަޑި

ވިލިމާލެ ސިނާއި ސަރަހައްދުގެ ލޭންޑް ސާރވޭއެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިމަސައްކަތް ކޮށްދިނުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށާއި، އަގު ހުށަހެޅުއްވުމަށް ތިރީގައި މިދަންނަވާ ދުވަސްތަކުގައި މާލޭ ސިޓީ ކައުންސިލްގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބިޑްހުށަހެޅުމަށް ދަންނަވަމެވެ.

ތާރީޚްގަޑިތަން / ތަފްޞީލް
މަޢުލޫމާތު ސާފުކުރުމާއި ރަޖިސްޓްރީވުން15 ނޮވެންބަރު 2026 (އާދިއްތަ)13:00މާލެ ސިޓީ ކައުންސިލް ހޯލް،  ބޮޑުތަކުރުފާނު މަގު/ މީޓިން ރޫމް
އަގު ހުށަހެޅުން22 ނޮވެންބަރު 2026 (އާދިއްތަ)13:00މާލެ ސިޓީ ކައުންސިލް ހޯލް،  ބޮޑުތަކުރުފާނު މަގު/ މީޓިން ރޫމް

މަތީގައި ދަންނަވާފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާ ފަރާތްތަކަށް މަޢުލޫމާތު ހިއްސާކުރެވޭނެއެވެ. މަތީގައި ދަންނަވާފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން އަންދާސީ ހިސާބު ހުށަހަޅުއްވަން ޙާޟިރުވާ ފަރާތަތަކުގެ އާންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.

  • ނޯޓް: އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމެންޓް، އަދި ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.
  • މަޢުލޫމާތު ސެޝަނަށް ޚާޟިރުވާ ފަރާތްތަކަށް މިމަސައްކަތާއިގުޅޭ މަޢުލޫމާތު ކަރުދާސް ހިއްސާކުރެވޭނެއެވެ.

ބަގެއް ރިޕޯޓުކުރޭ

ދިމާވި މައްސަލައާއި އޭރު ކުރަމުންދިޔަ ކަންތައް ބުނެދީ. ޕާސްވޯޑާއި API ކީ ފަދަ ސިއްރު މައުލޫމާތު ނުލާށެވެ.

0 / 5,000 އަކުރު

މި ރިޕޯޓު ވަކި ޞަފްޙާއަކާ ނުގުޅޭނެ.