ޢާންމު މަޢުލޫމާތު(IUL)372-B2/372/2026/31
ފ.މަގޫދޫގައި ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމަށް އެގްޒެމިނަރުން ހޯދުމާއި ގުޅޭ
ފ.މަގޫދޫގައި ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމަށް އެގްޒެމިނަރުން ހޯދުމާއި ގުޅޭ
ނިލަންދެ އަތޮޅު އުތުރުބުރީ މަގޫދޫ ކައުންސިލްގެ ފަރާތުން ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސެންސް ދޫކުރުމުގެ ޚިދުމަތް ދިނުމުގެ ގޮތުން މިކައުންސިލް އިދާރާއިން ކަނޑުގެ ދުއްވުމުގެ އިމްތިހާން ދެއްވުމަށް 02 (ދޭއް) އެގްޒަމިނަރުން ހޯދަން ބޭނުންވެއެވެ. މިގޮތުން ކަނޑު ދުއްވުމުގެ އެގްޒަމިނަރުން ހޮވުމުގައި ނިޔަމިކަމުގެ ސެޓްފިކެޓް އޮތުމާއި އެކު ގިނަ ކެޓަގަރީތަށް އޮތްފަރާތަކަށް ވުމާއި އަދި ކަނޑު ދުއްވުމުގެ ލައިސެންސް ނެގިފަހުން މަދުވެގެން 01 (އެކެއް) އަހަރުދުވަހު އުޅަނދު ފަހަރު ދުއްވުމުގައި ހޭދަކޮށްފައިވާ ފަރާތަކަށް އިސްކަންދެވޭނެ ވާހަކަ ދަންނަވަމެވެ. މިގޮތުން ކަނޑު ދުއްވުމުގެ އެގްޒަމިނަރަކަށް އެދި މި އިދާރާއަށް ހުށަހަޅާއިރުގައި އަންނަނިވި ލިޔެކިއުންތަށް ހުށަހެޅުމަށް ދަންނަވަމެވެ.
- ކަނޑު ލައިސްންސް ފޮތުގެ ކޮޕީ
- ނިޔަމިކަމުގެ ސެޓްފިކެޓް ކޮޕީ
- އައިޑީ ކާޑްގެ ކޮޕީ ( މުއްދަތުހަމަނުވާ )
ވީމާ، ދަންނަވަމެވެ. ކަނޑު ދުއްވުމުގެ އެގްޒަމިނަރަކަށް ވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބަޔާންކުރެވުނު ލިޔެކިއުންތަކާއި އެއްކޮށް ސިޓީއަކުން ނުވަތަ މި އިދާރާގެ ރަސްމީ އީމެއިލް އަށް info@magoodhoo.gov.mv 19 ނޮވެމްބަރ 2026 ވަނަ ދުވަހުގެ 14:00 ގެ ކުރިން މަގޫދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.
ވީމާ މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
29 ޖުމާދަލްއޫލާ 1448
9 ނޮވެމްބަރު 2026