GazetteEnglish beta
Back to announcements

މަސައްކަތް567-A/2026/23

ކޯޓުގެ ވަށާފާރު ރޭނުމުގެ މަސައްކަތް

މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ މެޖިސްޓްރޭޓް ކޯޓް
ތާރީޚުސުންގަޑި

ކޯޓުގެ ވަށާފާރު ރޭނުމުގެ މަސައްކަތާއި ގުޅޭ؛

މިކޯޓުގެ ވަށާފާރު ރޭނުމުގެ މަސައްކަތް، އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 25 ނޮވެމްބަރ 2026 ވާ ބުދަ ދުވަހުގެ 13:00 އަށް ރ. އިންނަމާދޫ މެޖިސްޓްރޭޓް ކޯޓް އަށް ވަޑައިގެން ބިޑް ހުށަހެޅުއްވުން އެދެމެވެ.

ބިޑް ހުށަހަޅުއްވަންވާނީ، މިކޯޓުން ތައްޔާރުކޮށްފައިވާ ބިޑް ހުށަހަޅާ ފޯމުންނެވެ. މި ދެންނެވި ފޯމް އަދި ބިޑްގެ މަޢުލޫމާތު ކަރުދާސް ބިޑްގައި ރަޖިސްޓްރީވާ ފަރާތްތަކަށް ފޯރުކޮށްދެވޭނެއެވެ. ބިޑްގައި ރަޖިސްޓްރީވުން 15 ނޮވެމްބަރ 2026 ވާ އާދިއްތަ ދުވަހުގެ ހެނދުނު 9:00 އިން ފެށިގެން 17 ނޮވެމްބަރ 2026 ގެ ނިޔަލަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު، މެންދުރު 13:00 އާއި ދެމެދު ރ.އިންނަމާދޫ މެޖިސްޓްރޭޓް ކޯޓުގައި ކުރިއަށް ދާނެއެވެ.

           މި މަސައްކަތަށް ހުށަހަޅުއްވާ ބިޑް ކެނޑުން، 25 ނޮވެމްބަރ 2026 ވާ ބުދަ ދުވަހުގެ 13:00 ގައި  ރ.އިންނަމާދޫ މެޖިސްޓްރޭޓް ކޯޓްގައި އޮންނާނެއެވެ. އަދި ބިޑް ކެނޑުމުގެ ބައްދަލުވުމަށް ޙާޟިރުވެ ވަޑައިނުގެންނެވޭނަމަ، ސިޓީއަކާއެކު ބަދަލުގައި އެހެން ބޭފުޅަކު ފޮނުވިދާނެއެވެ.

           މި މަސައްކަތާގުޅޭ މަޢުލޫމާތު ދިނުމުގެ ޝެޝަން 17 ނޮވެމްބަރ 2026 ވާ އަންގާރަ ދުވަހުގެ 13:00 ގައި ރ.އިންނަމާދޫ މެޖިސްޓްރޭޓް ކޯޓުގައި އޮންނާނެއެވެ. ބިޑްގައި ރަޖިސްޓްރީކޮށްފައިވާނަމަ، މަޢުލޫމާތު ސެޝަންއަށް ޙާޟިރުނުވާ ފަރާތްތަކަށްވެސް ބިޑް ހުށަހެޅުމުގެ ފުރުޞަތު އޮންނާނެކަމުގައި ދެންނެވީމެވެ.

          މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން  6580268 އަށް އަދި 7369195 އަށް ގުޅުއްވައިގެން ނުވަތަ info@r-innamaadhoo.court.gov.mv އީ-މެއިލް ކުރައްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

           ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

އަސްލު ފައިލްތައް (2)

ީIulanMauloomaathu Karudhas

ބަގެއް ރިޕޯޓުކުރޭ

ދިމާވި މައްސަލައާއި އޭރު ކުރަމުންދިޔަ ކަންތައް ބުނެދީ. ޕާސްވޯޑާއި API ކީ ފަދަ ސިއްރު މައުލޫމާތު ނުލާށެވެ.

0 / 5,000 އަކުރު

މި ރިޕޯޓު ވަކި ޞަފްޙާއަކާ ނުގުޅޭނެ.