GazetteEnglish beta
Back to announcements

ބީލަންMWSC-L/3/ADV/2026/109

ހދ. ކުޅުދުއްފުށީގައި ގާއިމުކުރާ ފޯމް ޕޯރިންގ ޕަމްޕް ސިސްޓަމް ބިލްޑިންގ އިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން – ރިޓެންޑަރ

މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް
ތާރީޚުސުންގަޑި

މިކުންފުނީގެ ފަރާތުންދޭ މައުލޫމާތާއި އެއްގޮތްވާގޮތުގެ މަތިން ހދ. ކުޅުދުއްފުށީގައި ގާއިމުކުރާ ފޯމް ޕޯރިންގ ޕަމްޕް ސިސްޓަމް ބިލްޑިންގ އިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު އިޢުލާން ނަމްބަރ (MWSC-L/3/ADV/2026/66) ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވާލާއި އެއްގޮތަށް މައުލޫމާތު ސާފުކުރެއްވުމަށްފަހު އަގު ހުށައެޅުއްވުން އެދެމެވެ.

ބީލަމުގައި ބައިވެރިވުމަށް ފުރިހަމަ ވާންޖެހޭ މުހިންމު ޝަރުތުތައް:

  • މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓް އިން ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތަކަށްވުން.
  • މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ރެޖިސްޓްރީވެފައިވާ ފަރާތަކަށްވުން އަދި މުއްދަތު ހަމަނުވާ ނެޝަނަލް ކޮންޓްރެކްޓަރސް ރެޖިސްޓްރޭޝަން އޮންނަ ފަރާތަކަށްވުން**.**
  • މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގައި ޖީ.އެސް.ޓީ އައް ރެޖިސްޓްރީ ވެފައިވާ ފަރާތަކަށްވުން**.**
  • ފާއިތުވެދިޔަ ހަމަހުގެ މީރާ ޓެކްސް ކުލިޔަރެންސް ރިޕޯޓް އޮތް ފަރާތަކަށްވުން**.**

ބީލަމުގައި ބައިވެރިވެވޭނީ ރެޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ. ބީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ލިންކް Bidder Registration މެދުވެރިކޮށް މި ބީލަމުގެ ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު ރެޖިސްޓްރީވެވޭނެއެވެ. ބީލަމުގައި ބައިވެރިވެރިވުމައް ރެޖިސްޓްރީ ވެވޭނީ 9 ނޮވެމްބަރ 2026 އިން 14 ނޮވެމްބަރ 2026 ގެ ނިޔަލަށެވެ.މި ބީލަމުގެ މަސައްކަތާއި ބީލަން ހުށައެޅުމަށް ބޭނުންވާ އިތުރު މައުލޫމާތު އަންގައިދޭ ލިޔެކިޔުންތައް މިއިއުލާން އާއި އެކު ގެޒެޓްކުރެވިފައި ވާނެއެވެ. މީގެ އިތުރުން މި ޕްރޮޖެކްޓުގެ ބީލަންފޮތް ސޮފްޓްކޮޕީ ފޯރމެޓްގައި، ބިޑަށް ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް 15 ނޮވެމްބަރ 2026 ވާ ދުވަހުގެ ރަސްމީގަޑީގައި އީމެއިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

ތަފްސީލްތާރީހްގަޑިތަން
މައުލޫމާތު ސާފުކުރުން16 ނޮވެމްބަރ 202610:30މައިކްރޯސޮފްޓް ޓީމްސް މެދުވެރިކޮށް
އަގު ހުށައެޅުން22 ނޮވެމްބަރ 202610:30

އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމަރ ސާރވިސް ބިލްޑިން،

6 ވަނަ ފަންގިފިލާ

ބިޑް ސެކިއުރިޓީގެ ގޮތުގައި ބިޑް ހުށައަޅާއިރު 10،000 ރުފިޔާގެ ބިޑް ސެކިއުރިޓީ ހުށައަޅުއްވަންވާނެއެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި ބަލައިގަނެވޭނީ ބޭންކް ގެރެންޓީ ޗެކް އަދި ލެޓަރ ނުވަތަ އިންޝުއަރެންސް ކުންފުނިތަކުގެ ގެރެންޓީ ލެޓަރ އެވެ. ބިޑް އެވާރޑްކުރެވޭ ފަރާތުން ޕާރފޯމަންސް ގެރެންޓީގެ ގޮތުގައި ބިޑްކުރި އަދަދުގެ 10 ޕަސެންޓް ބިޑް އެވޯރޑްކުރެވޭތާ 05 ދުވަސްތެރޭގައި ހުށައަޅަންވާނެއެވެ.

ޓެންޑަރ ޑިޕާޓްމެންޓް

އަސްލު ފައިލްތައް (1)

Qualification & Scope of Work

ބަގެއް ރިޕޯޓުކުރޭ

ދިމާވި މައްސަލައާއި އޭރު ކުރަމުންދިޔަ ކަންތައް ބުނެދީ. ޕާސްވޯޑާއި API ކީ ފަދަ ސިއްރު މައުލޫމާތު ނުލާށެވެ.

0 / 5,000 އަކުރު

މި ރިޕޯޓު ވަކި ޞަފްޙާއަކާ ނުގުޅޭނެ.