GazetteEnglish beta
Back to announcements

ނީލަން(IUL)113-CCD/1/2026/132

މާލޭ ވިޔަފާރި ބަނދަރުގައި ނުގެންގޮސް ގިނަދުވަހު ބެހެއްޓިފައިވާ މުދާތައް ނީލަމުގައި ވިއްކާލުމާއި ގުޅޭ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ތާރީޚުސުންގަޑި

ރާއްޖެއަށް މުދާ އެތެރެކޮށް މާލޭ ވިޔަފާރި ބަނދަރުގައި ނުގެންގޮސް ގިނަދުވަހު ބެހެއްޓިފައިވާ، ލިސްޓުގައި ދެންނެވުނު މުދާތައް ނީލަމުގައި ވިއްކާލަން ވަނީ ހަމަޖެހިފައެވެ.

  1. މުދަލުގެ އަދަދާއި ބާވަތް: ( ތަފްޞީލް އެޓޭޗް ލިސްޓްގައި )
  2. ނީލަން ކިޔާ މުދާ ބެލުމާއި ނަން ނޯޓް ކުރުން:
  • މުދާ ބެލުން : 2026 ނޮވެމްބަރ 21 ވާ ހޮނިހިރު ދުވަހުގެ 16:30 ގައި

  3. މުދާ ބެލުމަށް ނަން ނޯޓް ކުރުން: 2026 ނޮވެމްބަރ 21 ވާ ހޮނިހިރު ދުވަހުގެ 15:30 ގެ ކުރިން، އޮކްޝަން ޕޯޓަލް މެދުވެރިކޮށް މުދާ ބެލުމަށް ރިކުއެސްޓް ކުރަންވާނެއެވެ. އޮކްޝަން ޕޯޓަލް ލިންކް: https://auction.port.mv/

  • މުދާ ބެލުމަށް ޕޯޓު ސަރަހައްދަށް ވަދެވޭނީ ޕޯޓް ސޭފްޓީ މިންގަޑާއި އެއްގޮތަށް، ބޫޓާއި (ސޭފްޓީ ޝޫޒް ނުވަތަ އާދައިގެ ބޫޓު) އެކުގައެވެ.

  4. ނީލަމުގައި ބައިވެރިވުން: މި ނީލަމުގައި ބައިވެރިވެވޭނީ އޮކްޝަން ޕޯޓަލްއަށް ސަބްސްކްރައިބް ކުރައްވާ ފަރާތްތަކަށެވެ.

  5. ނީލަން ކިޔުން: 2026 ނޮވެމްބަރ 22 ވާ އާދިއްތަ ދުވަހުގެ 14:00 އިން 2026 ނޮވެމްބަރ 23 ވާ ހޯމަ ދުވަހުގެ 14:00 އަށް.

  6. ނީލަމަށް އަގު ހުށަހެޅުން ބަންދުވުން: ނީލަމަށް އަގު ހުށަހެޅުން ބަންދުވާނީ، ނީލަމަށް އެންމެ ފަހުން ހުށަހަޅާ އަގު ހުށަހަޅާތާ 5 (ފަހެއް) މިނެޓްގެ ވަގުތެއް ދިނުމަށްފަހުއެވެ. އަދި އެ ފަސްމިނެޓް ތެރޭގައި އިތުރު އަގެއް ހުށަހަޅައިފިނަމަ ކުރިން ދިން 5 (ފަހެއް) މިނެޓްގެ އިތުރަށް ފަސްމިނެޓް އިތުރުވަމުން ގޮސް އަގެއް ހުށަނާޅާ އޮވެ ފަސްމިނެޓް ހަމަވުމުން ނީލަން ބަންދުވާނެއެވެ.

ސަމާލުކަމަށްޓަކައި :

  • މުދާ ނީލަން ކިޔުން ކުރިއަށް ގެންދެވޭނީ މިކުންފުނީގައި މުދާ ނީލަންކިޔުމަށް ހެދިފައިވާ ޤަވާއިދު ( 17 އޮކްޓޫބަރ 2022 ގައި ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކުރެވިފައި ) ގެ ދަށުންނެވެ. މިކުންފުނީގެ ވެބްސައިޓް (www.port.mv)   ގެ ޑައުންލޯޑްސް ސެކްޝަން އިން ވެސް ދެންނެވުނު ޤަވާއިދު ފެނިލައްވާނެއެވެ.
  • ސްކްރެޕް ގެ ގޮތުގައި ނީލަމުން ނަންގަވާ މުދާ ހަމައެކަނި ކްލިއަރ ކުރެވޭނީ ރީ-އެކްސްޕޯޓް ކުރެވޭ ގޮތަށެވެ. އަދި މުދާ ދޫކުރުމަށް ބޭނުންވާ ކަމާބެހޭ ސަރުކާރުގެ އިދާރާތަކުގެ ހުއްދަތައް ( މިސާލަކަށް: އެމް.އެން.ޑީއެފް ގެ ކެމިކަލް ޕާމިޓް، ޓްރާންސްޕޯޓް އޮތޯރިޓީ ގެ ވެހިކަލް ޕާމިޓް އަދި އެގްރިކަލްޗަރ މިނިސްޓްރީގެ ހުއްދަ ފަދަ ) ހޯއްދެވުމަކީ ނީލަން ކާމިޔާބުކުރި ފަރާތުގެ ޒިންމާއެކެވެ. މިފަދަ ހުއްދަތައް ހޯދުމަށް ބޭނުންވާ އެއްވެސް ލިޔެކިޔުމެއް މިކުންފުނީގެ ފަރާތުން ފޯރުކޮށް ނުދޭނެއެވެ. މީގެ އިތުރުން، މުދާ ކްލިއަރ ކުރުމަށް ދެވޭނީ 10 ދުވަހުގެ ފްރީ ސްޓޯރޭޖް މުއްދަތެކެވެ.

މި ނީލަމުގައި ނުވިކޭ މުދާ ދެވަނަފަހަރަށް ނީލަން ކިއުމަށް އިއުލާން ކުރެވޭނީ އެމްޕީއެލްގެ އޮކްޝަން ޕޯޓަލް https://auction.port.mv/ ގައެވެ.

އަސްލު ފައިލްތައް (1)

ލިސްޓު

ބަގެއް ރިޕޯޓުކުރޭ

ދިމާވި މައްސަލައާއި އޭރު ކުރަމުންދިޔަ ކަންތައް ބުނެދީ. ޕާސްވޯޑާއި API ކީ ފަދަ ސިއްރު މައުލޫމާތު ނުލާށެވެ.

0 / 5,000 އަކުރު

މި ރިޕޯޓު ވަކި ޞަފްޙާއަކާ ނުގުޅޭނެ.