މަސައްކަތް(IUL)GAAH/GAAH/2026/36
ގއ. އަތޮޅު ހޮސްޕިޓަލުގެ 3 ބުރި ޢިމާރާތުގައި ކުލަލައިދޭނެ ފަރާތެއް ހޯދުމާ ގުޅޭ
އިޢުލާން
ހޮސްޕިޓަލުގެ 3 ބުރި ޢިމާރާތުގައި ކުލަލައިދޭނެ ފަރާތެއް ހޯދުމާ ގުޅޭ
މި ހޮސްޕިޓަލުން ދޭ މަޢުލޫމާތާ އެއްގޮތަށް، މި ހޮސްޕިޓަލުގެ 3 ބުރި ޢިމާރާތުގައި ކުލަލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާވަލާ އެއްގޮތަށް މި ހޮސްޕިޓަލުގެ އިދާރީ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު،
އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
- މަޢުލޫމާތު ސާފުކުރުން: 17 ނޮވެމްބަރ 2026 (އަންގާރަ) ދުވަހުގެ މެންދުރު 13:00 ގައި
- އަންދާސީހިސާބު ހުށަހެޅުން: 22 ނޮވެންބަރު 2026 (އާދިއްތަ) ދުވަހުގެ މެންދުރު 14:00 ގައި
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީހިސާބު، އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ
ދަންނަވަމެވެ.
މި މަސައްކަތަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު އޮތީ ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) ނުވަތަ ޤާނޫނު ނަންބަރު 19/2014 (އަމިއްލަ ފަރުދުންގެ
ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި މި ހޮސްޕިޓަލުގެ ފޯނު ނަންބަރު 6821066 އަށް ގުޅުއްވުން އެދެމެވެ.
08 ނޮވެމްބަރ 2026