GazetteEnglish beta
Back to announcements

ޢާންމު މަޢުލޫމާތު(IUL)378/378/2026/56

ދ.ހުޅުދެލީ ކައުންސިލް އިދާރާގެ ރަސްމީ ލޯގޯ ފަރުމާކުރުމުގެ މުބާރާތާއި ގުޅޭ

ނިލަންދެއަތޮޅު ދެކުނުބުރީ ހުޅުދެލީ ކައުންސިލްގެ އިދާރާ
ތާރީޚުސުންގަޑި

މިއިދާރާއިން ބާއްވާ މުބާރާތްތަކާއި، އެކިއެކި ރަސްމިއްޔާތުތަކުގައި އަދި ރަސްމީ ލިޔެކިޔުންތަކުގައި ބޭނުންކުރާނެ ލޯގޯއެއް ފަރުމާ ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.

       ވީމާ، މިމުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، **2026ނޮވެންބަރު  19 ވަނަ ދުވަހުގެ 14:00 ގެ ކުރިން،**މިއިޢުލާނާއިއެކު އާންމުކުރެވިފައިވާ "ކައުންސިލްގެ ރަސްމީ ލޯގޯ ފަރުމާ ކުރުމާއި ގުޅޭ މަޢުލޫމާތު ކަރުދާސް" ގައި ބަޔާންކޮށްފައިވާ ގޮތަށް، ހުށަހެޅުންތަށް ހުށަހެޅުއްވުމަށް ދެންނެވީމެވެ. ބަޔާންކުރެވިފައިވާ ވަގުތުގެ ފަހުން ހުށަހަޅާ ހުށަހެޅުންތަށް ބަލައި ނުގަނެވޭނެކަމުގައި ވެސް ދެންނެވީމެވެ.

                    މިއިޢުލާނާއި ގުޅިގެން ބީލަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލެވިފައިވަނީ ހަމައެކަނި ރަޖިސްޓްރީކޮށްފައިވާ ކުންފުނި، ލޯކަލް އިންވެސްޓްމެންޓް، ޕާރޓްނަރޝިޕް އަދި އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށެވެ. މިއިޢުލާނާއި ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މިއިދާރާއަށް ވަޑައިގެން ނުވަތަ މިއިދާރާގެ ނަންބަރު 6760049 ފޯނަށް ގުޅުއްވައިގެން ނުވަތަ procurement@hulhudheli.gov.mv  އަށް މެއިލް ކުރައްވައިގެން މައުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ.

އަސްލު ފައިލްތައް (1)

mauloomaathu karudhaas

ބަގެއް ރިޕޯޓުކުރޭ

ދިމާވި މައްސަލައާއި އޭރު ކުރަމުންދިޔަ ކަންތައް ބުނެދީ. ޕާސްވޯޑާއި API ކީ ފަދަ ސިއްރު މައުލޫމާތު ނުލާށެވެ.

0 / 5,000 އަކުރު

މި ރިޕޯޓު ވަކި ޞަފްޙާއަކާ ނުގުޅޭނެ.