GazetteEnglish beta
Back to announcements

ކުއްޔަށް ދިނުން(IUL)328-MSID/INDIV/2026/12

ބިން ކުއްޔަށް ދޫކުރުން.

ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ތާރީޚުސުންގަޑި

ޅ. ކުރެންދޫ ފުޓްބޯޅަ ދަނޑުގެ އިރުއުތުރުކަނުގެ އުތުރުފަރާތުން، ޅ. ކުރެންދޫ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އިރުމަތީފަރާތުގައި އޮތް ހުސްބިން 03ބައި ކުރުމަށްފަހު، އެ 03 ބިން، 10 (ދިހައެއް) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ހުޅުވާލަމެވެ.  

         ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 29 އޮކްޓޯބަރ 2026ވާ ބުރާސްފަތި ދުވަހުގެ 13:30އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 10 ނޮވެމްބަރ 2026ވާ އަންގާރަ ދުވަހުގެ 13:30އަށް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ. ޕްރޮޕޯޒަލް ހުށަހެޅުއްވޭނީ، 29 އޮކްޓޯބަރ 2026ގައި އޮންނަ މަޢްލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެވަޑައިގަންނަވާ ފަރާތްތަކަށެވެ.

         އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން، މިއިދާރާއަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 6620456 ނަންބަރާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.ނުވަތަ info@kurendhoo.gov.mvއަށް މެއިލް ކުރެއްވުން އެދެމެވެ.

         މިހެންވެ މިކަން ޢާއްމު އަންގާ އިޢްލާން ކުރީމެވެ.

ބަގެއް ރިޕޯޓުކުރޭ

ދިމާވި މައްސަލައާއި އޭރު ކުރަމުންދިޔަ ކަންތައް ބުނެދީ. ޕާސްވޯޑާއި API ކީ ފަދަ ސިއްރު މައުލޫމާތު ނުލާށެވެ.

0 / 5,000 އަކުރު

މި ރިޕޯޓު ވަކި ޞަފްޙާއަކާ ނުގުޅޭނެ.