GazetteEnglish beta
Back to announcements

ދެންނެވުން(IUL)113-MSWH/1/2026/124

މާލޭ ސައުތު ވެސްޓް ހާބަރ ޒޯން ޑީގެ ޚިދުމަތުގެ އަގުތަކަށް ބަދަލު ގެނައުމާއި ގުޅޭ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ތާރީޚު

މާލޭ ސައުތު ވެސްޓް ހާބަރުގެ ޒޯން ޑީ އިން ދެމުންގެންދާ ޚިދުމަތްތަކުގެ އަގުތަކަށް މި އިދާރާއިން ވަނީ ބަދަލު ގެނެސްފައެވެ.

މާލޭ ސައުތު ވެސްޓް ހާބަރުގެ ޒޯން ޑީ ސަރަހައްދަށް ތެޔޮ ބައުޒަރު ކައިރިކުރުމުގެ ޚިދުމަތަށް އަލަށް ކަނޑައެޅުނު އަގުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

ތެޔޮ ބައުޒަރު ކައިރިކުރާ ވަގުތުން ފެށިގެން ސްލޮޓަކަށް ގަޑިއިރަކަށް-/55 ރުފިޔާ (ޖީ.އެސް.ޓީ ހިމަނައިގެން)

މި ބަދަލުތަކަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ 01 ނޮވެންބަރު 2026 އިން ފެށިގެންނެވެ. ވީމާ، މާލޭ ސައުތު ވެސްޓް ހާބަރުން ޚިދުމަތް ހޯއްދަވާ އެންމެހައި ފަރާތްތަކުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުން އެދެމެވެ.

މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ، ރަސްމީ ގަޑީގައި މި އިދާރާގެ ފޯނު ނަންބަރު 3039644، 3039645 އަށް ގުޅުއްވުން އެދެމެވެ.

ބަގެއް ރިޕޯޓުކުރޭ

ދިމާވި މައްސަލައާއި އޭރު ކުރަމުންދިޔަ ކަންތައް ބުނެދީ. ޕާސްވޯޑާއި API ކީ ފަދަ ސިއްރު މައުލޫމާތު ނުލާށެވެ.

0 / 5,000 އަކުރު

މި ރިޕޯޓު ވަކި ޞަފްޙާއަކާ ނުގުޅޭނެ.