GazetteEnglish beta
Back to announcements

ބީލަން(IUL)246/246/2026/81

އިކޯޕާކްގެ ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުން

ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ކައުންސިލްގެ އިދާރާ
ތާރީޚުސުންގަޑި

އިޢުލާން

އިކޯޕާކްގެ ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުން

މިރަށު އިކޯޕާކްގެ ހަޓާއި ފާލަން އަދި އުނދޯލިގެ މަރާމާތުގެ މަސައްކަތް، މަސައްކަތަށް ބޭނުންވާ މައިގަނޑު ތަކެތި ދިނުމުން، އަމިއްލަ ތަކެތީގައި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރި ވެލައްވާ ފަރާތްތަކުން، ބީލަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ތަފްޞީލްތާރީޚްދުވަސްގަޑި
ރަޖިސްޓްރީ ކުރުމުގެ ސުންގަޑި26 އޮކްޓޫބަރު 2026ހޯމަ13:00
އަންދާސީ ހިސާބު ހުށައެޅުން01 ނޮވެންބަރު 2026އާދިއްތަ13:00

ބީލަން ހުށައެޅުމަށް ޝައުޤުވެރި ވެލައްވާ ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް ބީލަން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. https://forms.cloud.microsoft/r/c6yuMnNvCv?origin=lprLink

  1. މަތީގައި ބަޔާންކޮށްފައިވާ ބީލަން ރެޖިސްޓްރޭޝަންގެ މަޢުލޫމާތު، މި އިދާރާއަށް ލިބުނުކަން ކަށަވަރު ކުރެއްވުމަކީ ބީލަންވެރިންގެ ޒިންމާއެކެވެ.
  2. ބީލަން ތައްޔާރު ކުރައްވާނީ، މި ބީލަމުގައި ރަޖިސްޓްރީ ވެލެއްވުމުން މި ކައުންސިލުން ފޯރުކޮށްދޭ މަޢުލޫމާތު ކަރުދާހާ އެއްގޮތަށެވެ.
  3. މި ބީލަމާ ގުޅޭގޮތުން އިތުރު ސުވާލެއްވާނަމަ، އީ-މެއިލް ކުރައްވާނީ 2026 އޮކްޓޫބަރު 26 ވާ ހޯމަ ދުވަހުގެ 13:00ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލް ކުރައްވާއިރު، ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެނަން ލިޔުއްވަން ވާނެއެވެ.
  4. ބީލަމުގައި ބައިވެރިވެ ލެއްވުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި، ސުންގަޑީގެފަހުން ހުށައަޅުއްވާ އަންދާސީ ހިސާބުތައް އަދި މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެއެވެ.

އިތުރުމަޢުލޫމާތު ސާފުކުރެއްވުމަށް procurement@molhadhoo.gov.mv   އަށް އީ-މެއިލް ކުރެއްވުން އެދެމެވެ. އަދި ފޯނު މެދުވެރިކޮށް  6500031 އަށް، ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

ބަގެއް ރިޕޯޓުކުރޭ

ދިމާވި މައްސަލައާއި އޭރު ކުރަމުންދިޔަ ކަންތައް ބުނެދީ. ޕާސްވޯޑާއި API ކީ ފަދަ ސިއްރު މައުލޫމާތު ނުލާށެވެ.

0 / 5,000 އަކުރު

މި ރިޕޯޓު ވަކި ޞަފްޙާއަކާ ނުގުޅޭނެ.