GazetteEnglish beta
Back to announcements

ބީލަން(IUL)419/419/2026/88

ގދ. ގައްދޫ ފެރީ ޓާމިނަލްގެ އާކިޓެކްޗަރަލް ޑިޒައިން އަދި ޑީޓެއިލްޑް ޑްރޯއިންގްސް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރުން.

ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ތާރީޚުސުންގަޑި

މިއިދާރާގެ ނަންބަރު ، (IUL)419/419/2026/86 އަދި  (IUL)419/419/2026/76 އިޢުލާނުގައި ގދ. ގައްދޫ ކައުންސިލްގެ ފަރާތުން ރަށުގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، ޒަމާނީ ފެންވަރެއްގެ ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގެ ގޮތުން ގދ. ގައްދޫ ފެރީ ޓާމިނަލް ޑިޒައިން ކުރުމަށް ހުޅުވާލި ފުރުޞަތުގައި އެކަށީގެންވާ ވަރަށް ޕްރޮޕޯސަލް ލިބިފައިނުވާތީ މި މަސައްކަތަށް އެދި ބީލަން ހުށަހެޅުމުގެ ފުރުޞަތު އަނެއްކާވެސް ހުޅުވާލަމެވެ. މިކަމަށް އެދި ކުރިމަތިލުމުގެ ފުރުޞަތު، ފަރުދުންނާއި، އާކިޓެކްޓުންނާއި، ޑިޒައިނަރުންނާއި، އިންޖިނިއަރިންގ ފާމްތަކާއި އަދި މި ދާއިރާގެ ޤާބިލު ފަރާތްތަކަށް ހުޅުވާލަމެވެ.

#ތަފްޞީލްތާރީޚާއި ގަޑި
1ޑިޒައިން އަދި އަންދާސީ ހިސާބު ހުހަޅަންޖެހޭ ތާރީޚް05 ނޮވެމްބަރު 2026 (ބުރާސްފަތި) 13:00

ވީމާ، މިކަމަށް ޝަޢުގުވެރިވާ ފަރާތްތަކުން އިޢުލާނާއެކު ދީފައިވާ މަޢުލޫމާތާއި އެއްގޮތަށް ޑިޒައިން އަދި އަންދާސީ ހިސާބު ފުރިހަމަ ކުރައްވައި 05 ނޮވެމްބަރު 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މި އިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅާ އަންދާޒީ ހިސާބު ބަލައިގަނެވޭނެއެވެ. އީމެއިލް މެދުވެރިކޮށް އަންދާޒީ ހިސާބު ހުށަހަޅުއްވާނީ procurement@gadhdhoo.gov.mv އަށެވެ.

މިމަސައްކަތާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 9120126 އަށް ގުޅުއްވުން އެދެމެވެ.  

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

އަސްލު ފައިލްތައް (2)

Information SheetBeelan Form

ބަގެއް ރިޕޯޓުކުރޭ

ދިމާވި މައްސަލައާއި އޭރު ކުރަމުންދިޔަ ކަންތައް ބުނެދީ. ޕާސްވޯޑާއި API ކީ ފަދަ ސިއްރު މައުލޫމާތު ނުލާށެވެ.

0 / 5,000 އަކުރު

މި ރިޕޯޓު ވަކި ޞަފްޙާއަކާ ނުގުޅޭނެ.