އިޢުލާނު
މޯލްޑިވްސް ޕޮލިޓެކްނިކް އިން އެސިސްޓެންޓް ލެކްޗަރަރ (އައިޓީ) މަޤާމަށް ކުރެވުނު އިޢުލާން ނަންބަރު: (IUL)213-HR/213/2026/49 އަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީވެ، މި މަޤާމަށް ޝަރުތު ހަމަވާ ފަރާތްތަކަށް އަލުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
- މަޤާމު:
- އެސިސްޓެންޓް ލެކްޗަރަރ ( އައިޓީ)
- މަޤާމުގެ ނަންބަރު:
- J-379701
- ބޭނުންވާ އަދަދު:
- 01 (އެކެއް)
- މަޤާމުގެ ގިންތި:
- ދާއިމީ
- މަޤާމުގެ ރޭންކު:
- ރޭންކް 7 - ސްޓެޕް 1
- ވަޒީފާ އަދާކުރަން ޖެހޭ ތަން:
- މޯލްޑިވްސް ޕޮލިޓެކްނިކް / ކ.މާލެ
- ވަޒީފާ އަދާކުރަންޖެހޭ ގަޑި:
- 8:00 ން 14:00 އަށް ނުވަތަ 15:30 އިން 21:30އަށް
- މުސާރަ:
- 13,964.00ރ
- މަޤާމުގެ އެލަވަންސް:
- 6,517.00ރ
- ހާޒިރީ އިނާޔަތް:
- 176.00ރ ހާޒިރުވާ ދުވަހަކަށް
- މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
- ކަނޑައެޅިފައިވާ ޓައިމްޓޭބަލްގައިވާ ގޮތުގެ މަތީން އިންފަރމޭޝަން ޓެކްނޮލޮޖީ ދާއިރާގެ ކޯސްތައް ކިޔަވައިދިނުމާއި،(ހަފްތާޔަކު ގިނަވެގެން 40ގަޑި) ދަރިވަރުންގެ ފެންވަރު ވަޒަން ކުރުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި ދަރިވަރުންގެ ރެކޯޑްތައް ބަލަހައްޓައި، ފީޑްބެކް ދިނުން
- ލެކްޗަރތަކާއި، ޓިއުޓޯރިއަލްތަކާއި، ޑެމޮންސްޓްރޭޝަންތަކާއި، ވޯރކްޝޮޕްތަކާއި އަދި ދަރިވަރުންގެ ފީލްޑް ވިޒިޓްތައް ފަދަ ކަންކަން ރާވާ ހިންގުން
- އިންޑަސްޓްރީތަކަށް އަންނަ ބަދަލުތަކާއި އެއްގޮތްވާ ގޮތުގެމަތިން ޑިޕާޓްމަންޓްގެ ދާއިރާގެ ސްކޫލް އޮފް ބިލްޑް އެންވަރަމަންޓް ކޯސްތަކުގެ ކަރިކިއުލަމްތަކަށް ގެންނަންޖެހޭ ބަދަލުތައް އެކަޑަމިކު ސެކްޝަނާއި ގުޅިގެން ގެނައުމަށް މަސައްކަތްކުރުން.
- އިންފަރމޭޝަން ޓެކްނޮލޮޖީ ދާއިރާގެ ކޯސް ކިޔަވައިދިނުމަށް ބޭނުންވާ ލެސަންޕްލޭން، ހެދުމާއި ޓީޗިންގ ލާރނިންގ މެޓީރިއަލްސް ތައްޔާރުކޮށް ދަރިވަރުންނަށް ފޯރުކޮށްދިނުމާއި ދަރިވަރުންގެ ރެކޯޑްތައް ބަލަހައްޓައި، ފީޑްބެކްދިނުން
- އިންފަރމޭޝަން ޓެކްނޮލޮޖީ ދާއިރާގެ ކޯސް ކިޔަވައިދެއްވާ މާއްދާ(ތަކަށް) ގެންނަންޖެހޭ ބަދަލުތައް (އެކަޑަމިކު ޑިރެކްޓަރގެ މަޝްވަރާއާއި އެކު) ގެނައުމާއި، ޢިލްމީ އަދި ފަންނީ ޤާބިލްކަން ކުރިއަރުވާ ތަރައްޤީ ކުރުމަށްޓަކައި، ދިރާސާތައް ކުރުމާއި ޝާއިޢުކުރުމަށް މަސައްކަތްކުރުން.
- މާލެއާއި އަތޮޅުތެރޭގައި ޑިޕާޓްމަންޓްގެ ދާއިރާއިން (ސްކޫލް އޮފް ސްކޫލް އޮފް އިލެކްޓްރިކް އެންޑް އިލެކްޓްރޯނިކް އެންޑް އިންފޯކޮމް ޓެކްނޮލޮޖީ ޔުނިޓް) ހިންގުމަށް ހަމަޖެހިފައިވާ ކޯސްތައް ހިންގުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން
- ސެމިސްޓަރ ފެށުމުގެ ކުރިން އިންފަރމޭޝަން ޓެކްނޮލޮޖީ ދާއިރާގެ މާއްދާގެ އައުޓްލައިން އާއި މެޓީރިއަލްތައް އޮންލައިން ލާރނިންގ ޕްލެޓް ފޯރމްއަށް އަޕްލޯޑްކޮށް މާއްދާގެ ޕޭޖްތައް ތައްޔާރުކުރުން އަދި ކިޔަވައިދޭ މާއްދާތަކުގެ މެޓީރިއަލްތައް ފަހުގެ ބަދަލުތަކާއި އެއްގޮތަށް އަދާ ހަމަކުރުން.
- މޯލްޑިވްސް ޕޮލިޓެކްނިކްގެ ފަރާތުން ހިންގާ ޕްރޮގުރާމްތައް މާކެޓްކުރުމާއި، ކޯސްތަކަށް ބޭނުންވާ ދަރިވަރުން ހޯދުމުގައި އެއްބާރުލުން ދިނުން
- އިންފަރމޭޝަން ޓެކްނޮލޮޖީ ދާއިރާގެ މާއްދާތަކުގެ އިމްތިޙާން ކަރުދާސް ކަނޑައެޅިފައިވާ މުއްދަތުގައި ތައްޔާރުކޮށް ޑިޕާރޓްމަންޓްގެ އިސްވެރިޔާ ހަވާލުކުރުން އަދި އިމްތިޙާނަށްފަހު ޙަވާލުކުރެވޭ ޕޭޕަރުތައް ކަނޑައެޅިފައިވާ މުއްދަތުގައި މާކުކޮށް މާކުސް ޝީޓުތައް ޑިޕާރޓްމަންޓްގެ އިސްވެރިޔާއަށް ފޮނުވައި މާކުސްތައް ސެލްފް ސާރވިސްއަށް އަޅައި ގްރޭޑް ޕޭޖު ތައްޔާރުކުރުން
- ޕޮލިޓެކްނިކްގެ ކަންކަން ރަނގަޅު ކުރުމަށްޓަކައި، އިންސްޓިޓިއުޓުން ރާވައި، ހިންގާ ޙަރަކާތްތަކުގައި އެއްބާރުލުން ދިނުމާއި، ޙަވާލުކުރެވޭ މަސައްކަތް ކުރުން.
- ޑިޕާޓްމަންޓްގެ ދާއިރާއިން ކިޔަވައިދިމުނަށް ބޭނުންވާ ވަސީލައްތައް ހޯދައި، ބެލެހެއްޓުމުގައި އެއްބާރުލުން ދިނުމާއި، ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން އަދި ކިޔަވައިދޭ މާއްދާއަށް ބޭނުންވާ މެޓީރިއަލްތަކުގެ ލިސްޓް ދުރާލާ ޕްރޮކިއުމަންޓް ސެކްޝަނަށް ހަވާލުކުރުން.
- އިންފަރމޭޝަން ޓެކްނޮލޮޖީ ދާއިރާގެ މާއްދާ ނުވަތަ ކޯސް ކޯޑިނޭޓްކުރުމުގެ ޒިންމާ ޙަވާލުކުރެވިއްޖެނަމަ އެ ދާއިރާތަކުގައި ކިޔަވައިދިނުމަށް ބޭނުންވާ އެންމެހައި ކަންކަން ރާވާ ހިންގުމާއި، ކިޔަވައިދެވޭ ފެންވަރު ބެލުމާއި އަދި ދަރިވަރުންނަށް ބޭނުންވާ އެހީތެރިކަން ދެވޭނެ ގޮތް ހަމަޖެއްސުން.
- ފެކަލްޓީގެ ކަންކަން ރަނގަޅުކުރުމަށް ހިންގާ ޙަރަކާތްތަކުގެ ތެރެއިން ޙަވާލުކުރެވޭ މަސައްކަތްކުރުމާއި ފެކަލްޓީގެ އެހެން މުވައްޒަފުންނާ ގުޅިގެން އެކުވެރި ކަމާއި އަދި "ކޯޑް އޮފް ކޮންޑަކްޓް" އާއި އެއްގޮތަށް ޕްރޮފެޝަނަލް ކޮށް މަސައްކަތްކުރުން.
- އަމިއްލަ ގޮތުންނާއި ފަންނީ އެހެން މުވައްޒަފުންނާ ގުޅިގެން ޢިލްމީ ދިރާސާތައްކޮށް ޝާއިޢުކުރުމަށް މަސައްކަތް ކުރުން
- މަޤާމުގެ ޝަރުޠުތައް:
- މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8ގެ ޑިގްރީއެއް ނުވަތަ ބެޗެލަރސް އޮނާރސް ޑިގްރީގެ ސަނަދެއް ހާސިލްކޮށްފައިވުން.
ނުވަތަ:
- މަގާމުގެ މަސްއޫލިއްޔަތު ހިމެނޭ ފަންނުގެ ދާއިރާގައި މަދުވެގެން 04 އަހަރުގެ އަމަލީ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއެކު، އެފަންނެއް އުނގަންނައިދެވޭނެ ޤާބިލްކަން ހުރިކަން ސާބިތުކޮށް ދިނުން.
މިމަޤާމުގެ ތަޢުލީމީ ރޮނގު:
- ކޮމްޕިއުޓަރ ސައިންސް
ގުޅޭވަޒީފާގެ ދާއިރާތައް:
-
ޓީޗިންގް ސާވިސަސް
-
ވޮކޭޝަނަލް އެޑިއުކޭޝަން
-
ފީލްޑް އެކްސްޕީރިއަންސް (ރިލޭޓެޑް ޓު ދަ ސަބްޖެކްޓް)
-
ރިސަރޗް އެންޑް ޕަބްލިކޭޝަން އެކްސްޕީރިއަންސް (ރިލޭޓެޑް ޓު ދަ ސަބްޖެކްޓް)
- ހުށަހަޅަންޖެހޭ ލިޔުންތައް:
- ކަނޑައެޅިފައިވާ ޓައިމްޓޭބަލްގައިވާ ގޮތުގެ މަތީން އިންފަރމޭޝަން ޓެކްނޮލޮޖީ ދާއިރާގެ ކޯސްތައް ކިޔަވައިދިނުމާއި،(ހަފްތާޔަކު ގިނަވެގެން 40ގަޑި) ދަރިވަރުންގެ ފެންވަރު ވަޒަން ކުރުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި ދަރިވަރުންގެ ރެކޯޑްތައް ބަލަހައްޓައި، ފީޑްބެކް ދިނުން
- ލެކްޗަރތަކާއި، ޓިއުޓޯރިއަލްތަކާއި، ޑެމޮންސްޓްރޭޝަންތަކާއި، ވޯރކްޝޮޕްތަކާއި އަދި ދަރިވަރުންގެ ފީލްޑް ވިޒިޓްތައް ފަދަ ކަންކަން ރާވާ ހިންގުން
- އިންޑަސްޓްރީތަކަށް އަންނަ ބަދަލުތަކާއި އެއްގޮތްވާ ގޮތުގެމަތިން ޑިޕާޓްމަންޓްގެ ދާއިރާގެ ސްކޫލް އޮފް ބިލްޑް އެންވަރަމަންޓް ކޯސްތަކުގެ ކަރިކިއުލަމްތަކަށް ގެންނަންޖެހޭ ބަދަލުތައް އެކަޑަމިކު ސެކްޝަނާއި ގުޅިގެން ގެނައުމަށް މަސައްކަތްކުރުން.
- އިންފަރމޭޝަން ޓެކްނޮލޮޖީ ދާއިރާގެ ކޯސް ކިޔަވައިދިނުމަށް ބޭނުންވާ ލެސަންޕްލޭން، ހެދުމާއި ޓީޗިންގ ލާރނިންގ މެޓީރިއަލްސް ތައްޔާރުކޮށް ދަރިވަރުންނަށް ފޯރުކޮށްދިނުމާއި ދަރިވަރުންގެ ރެކޯޑްތައް ބަލަހައްޓައި، ފީޑްބެކްދިނުން
- އިންފަރމޭޝަން ޓެކްނޮލޮޖީ ދާއިރާގެ ކޯސް ކިޔަވައިދެއްވާ މާއްދާ(ތަކަށް) ގެންނަންޖެހޭ ބަދަލުތައް (އެކަޑަމިކު ޑިރެކްޓަރގެ މަޝްވަރާއާއި އެކު) ގެނައުމާއި، ޢިލްމީ އަދި ފަންނީ ޤާބިލްކަން ކުރިއަރުވާ ތަރައްޤީ ކުރުމަށްޓަކައި، ދިރާސާތައް ކުރުމާއި ޝާއިޢުކުރުމަށް މަސައްކަތްކުރުން.
- މާލެއާއި އަތޮޅުތެރޭގައި ޑިޕާޓްމަންޓްގެ ދާއިރާއިން (ސްކޫލް އޮފް ސްކޫލް އޮފް އިލެކްޓްރިކް އެންޑް އިލެކްޓްރޯނިކް އެންޑް އިންފޯކޮމް ޓެކްނޮލޮޖީ ޔުނިޓް) ހިންގުމަށް ހަމަޖެހިފައިވާ ކޯސްތައް ހިންގުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން
- ސެމިސްޓަރ ފެށުމުގެ ކުރިން އިންފަރމޭޝަން ޓެކްނޮލޮޖީ ދާއިރާގެ މާއްދާގެ އައުޓްލައިން އާއި މެޓީރިއަލްތައް އޮންލައިން ލާރނިންގ ޕްލެޓް ފޯރމްއަށް އަޕްލޯޑްކޮށް މާއްދާގެ ޕޭޖްތައް ތައްޔާރުކުރުން އަދި ކިޔަވައިދޭ މާއްދާތަކުގެ މެޓީރިއަލްތައް ފަހުގެ ބަދަލުތަކާއި އެއްގޮތަށް އަދާ ހަމަކުރުން.
- މޯލްޑިވްސް ޕޮލިޓެކްނިކްގެ ފަރާތުން ހިންގާ ޕްރޮގުރާމްތައް މާކެޓްކުރުމާއި، ކޯސްތަކަށް ބޭނުންވާ ދަރިވަރުން ހޯދުމުގައި އެއްބާރުލުން ދިނުން
- އިންފަރމޭޝަން ޓެކްނޮލޮޖީ ދާއިރާގެ މާއްދާތަކުގެ އިމްތިޙާން ކަރުދާސް ކަނޑައެޅިފައިވާ މުއްދަތުގައި ތައްޔާރުކޮށް ޑިޕާރޓްމަންޓްގެ އިސްވެރިޔާ ހަވާލުކުރުން އަދި އިމްތިޙާނަށްފަހު ޙަވާލުކުރެވޭ ޕޭޕަރުތައް ކަނޑައެޅިފައިވާ މުއްދަތުގައި މާކުކޮށް މާކުސް ޝީޓުތައް ޑިޕާރޓްމަންޓްގެ އިސްވެރިޔާއަށް ފޮނުވައި މާކުސްތައް ސެލްފް ސާރވިސްއަށް އަޅައި ގްރޭޑް ޕޭޖު ތައްޔާރުކުރުން
10. ޕޮލިޓެކްނިކްގެ ކަންކަން ރަނގަޅު ކުރުމަށްޓަކައި، އިންސްޓިޓިއުޓުން ރާވައި، ހިންގާ ޙަރަކާތްތަކުގައި އެއްބާރުލުން ދިނުމާއި، ޙަވާލުކުރެވޭ މަސައްކަތް ކުރުން.
11. ޑިޕާޓްމަންޓްގެ ދާއިރާއިން ކިޔަވައިދިމުނަށް ބޭނުންވާ ވަސީލައްތައް ހޯދައި، ބެލެހެއްޓުމުގައި އެއްބާރުލުން ދިނުމާއި، ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން އަދި ކިޔަވައިދޭ މާއްދާއަށް ބޭނުންވާ މެޓީރިއަލްތަކުގެ ލިސްޓް ދުރާލާ ޕްރޮކިއުމަންޓް ސެކްޝަނަށް ހަވާލުކުރުން.
12. އިންފަރމޭޝަން ޓެކްނޮލޮޖީ ދާއިރާގެ މާއްދާ ނުވަތަ ކޯސް ކޯޑިނޭޓްކުރުމުގެ ޒިންމާ ޙަވާލުކުރެވިއްޖެނަމަ އެ ދާއިރާތަކުގައި ކިޔަވައިދިނުމަށް ބޭނުންވާ އެންމެހައި ކަންކަން ރާވާ ހިންގުމާއި، ކިޔަވައިދެވޭ ފެންވަރު ބެލުމާއި އަދި ދަރިވަރުންނަށް ބޭނުންވާ އެހީތެރިކަން ދެވޭނެ ގޮތް ހަމަޖެއްސުން.
13. ފެކަލްޓީގެ ކަންކަން ރަނގަޅުކުރުމަށް ހިންގާ ޙަރަކާތްތަކުގެ ތެރެއިން ޙަވާލުކުރެވޭ މަސައްކަތްކުރުމާއި ފެކަލްޓީގެ އެހެން މުވައްޒަފުންނާ ގުޅިގެން އެކުވެރި ކަމާއި އަދި "ކޯޑް އޮފް ކޮންޑަކްޓް" އާއި އެއްގޮތަށް ޕްރޮފެޝަނަލް ކޮށް މަސައްކަތްކުރުން.
14. އަމިއްލަ ގޮތުންނާއި ފަންނީ އެހެން މުވައްޒަފުންނާ ގުޅިގެން ޢިލްމީ ދިރާސާތައްކޮށް ޝާއިޢުކުރުމަށް މަސައްކަތް ކުރުން
- ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
އަސާސީ ޝަރުޠު ހަމަވުން 30 އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު 5 ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓު 5 އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ 5 އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް) 15 ޕްރެޒެންޓޭޝަން 10 އިންޓަރވިއު 30 - މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 25 އޮކްޓޯބަރު 2026 ގެ 14:00 ގެ ކުރިން، މޯލްޑިވްސް ޕޮލިޓެކްނިކް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް recruitment@polytechnic.edu.mv މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމު ނަންބަރު ޖެހުމަށް ދަންނަވަމެވެ .
- ޝޯޓްލިސްޓުކުރުން:
- މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
- އިންޓަރވިއު/އިމްތިޙާން އޮންނާނެ ތަނާއި، މުއްދަތު:
- މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 25 އޮކްޓޯބަރ 2026 17 ނޮވެންބަރ 2026 އާއި ދެމެދު، މޯލްޑިވްސް ޕޮލިޓެކްނިކް ގައެވެ.
- "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން
- އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3002569 އަށެވެ. އީ-މެއިލް ކުރާނީ recruitment@polytechnic.edu.mv އަށެވެ.
ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.