ސީނިއަރ އައި.ޓީ ޓެކްނީޝަން
- މަޤާމު:
- ސީނިއަރ އައި.ޓީ ޓެކްނީޝަން
- ބޭނުންވާ އަދަދު:
- 1
- އޮފީސް:
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
- ޑިޕާޓްމަންޓް:
- އައި.ޓީ
- ގްރޭޑް:
- 7
- ސްޕައިން ޕޮއިންޓް:
- 31
- މުސާރަ:
- މަހަކު 8,850.77 ރުފިޔާ
- ސަރވިސް އެލަވަންސް:
- މަހަކު 3,793.19 ރުފިޔާ
- އިނާޔަޔްތައް:
- އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
- ސްޕެޝަލް ޑިއުޓީ އެލަވަންސް ގެ ގޮތުގައި މުސާރައިގެ %35
- ކޯޕަރޭޓް ހެލްތް އިންޝުއަރަންސް ސްކީމް (ޕްރޮބޭޝަން ހަމަވެ ވަޒީފާ ދާއިމީ ވުމުން)
- ޑިޕެންޑެންޓުން (އަނބި/ފިރި އަދި ދަރިން) ހެލްތް އިންޝުއަރަންސް ސްކީމް ގައި ބައިވެރިކުރުމުގެ ފުރުސަތު (މުވައްޒަފު ޚަރަދުކުރާގޮތަށް)
- ސްޓާފް ޖިމް ފެސިލިޓީ
- ލައިބްރަރީ މެމްބަޝިޕް
- މަގާމުގެ ޝަރުތު:
- މަސައްކަތުގެ ދާއިރާއިން އެމް.އެން.ކިއު.އެފް ލެވެލް 7 ގެ ސެޓިފިކެޓެއް ހާސިލްކޮށްފައިވުމާއެކު 1 އަހަރު ދުވަހުގެ ތަޖުރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން.
- މަޤާމުގެ މަސްއޫލިއްޔަތު:
- އައި.ޓީ. ސަރވިސަސް ގެ އީމެއިލް ދުވަހުން ދުވަހަށް ބަލާ، އީމެއިލްތަކަށް އެޓެންޑްކޮށް ޖަވާބުދާރީވުން.
- ޔުނިވަރސިޓީގެ އައި.ޓީ. ސަޕޯޓް ސިސްޓަމަށް އަންނަ ރިކުއެސްޓްތައް ބަލާ، މަސައްކަތްތަކާއި ހަވާލުވުން. އަދި މަސައްކަތުގެ އަޕްޑޭޓް ބަލާ ވީ އެންމެ އަވަހަކަށް ޓާސްކްތައް ނިންމުމަށް މަސައްކަތްކުރުން.
- ޔުނިވަރސިޓީ ގައި ބޭނުންކުރާ އައި.ޓީ ވަސީލަތްތަކަށް ދިމާވާ އެކި އެކި މައްސަލަތައް ދެނެގަނެ، އެ ކަންތައްތައް ޙައްލުކުރުމުގައި ބައިވެރިވުން.
- ޔުނިވަރސިޓީގައި ބޭނުންކުރާ މައި ސަރވަރތަށް ބެލެހެއްޓުން. މިގޮތުން:
- ސަރވަރތައް މޮނިޓަރކޮށް ބެލެހެއްޓުން.
- ސަރވަރތަކުގެ ބެކަޕް ހެދުން.
- ސަރވަރތައް އަޕްގްރޭޑްކުރުމާއި، ދިމާވާ މައްސަލަތަށް ހައްލުކުރުން
- ޔުނިވަރސިޓީގެ ބެކަޕް ނިޒާމް ހަރުދަނާކޮށް، މޮނިޓަރކޮށް މެއިންޓެއިންކުރުން.
- ޔުނިވަރސިޓީގެ އޮޑިޓޯރިއަމްތަކުގައި ބޭނުންކުރާ އޯޑިއޯ ވިޒުއަލް އެކިއުޕްމަންޓްތައް ރަނގަޅު ޙާލަތެއްގައި ބެހެއްޓުން. އަދި ބަދަލުކުރަންޖެހޭ ތަކެތި ދެނެގަނެ، އެ ކަމާއި ގުޅުން ހުރި ސެކްޝަންތަކާއި ގުޅިގެން އެ ތަކެތި ހޯދުން.
- ޔުނިވަރސިޓީގެ ނެޓްވަރކް ބަލެހެއްޓުމާއި ނެޓްވަރކް ޕަރފޯމަންސް ރަނގަޅުކުރުން. މިގޮތުން:
- ނެޓްވަރކަށް ދިމާވާ މައްސަލަތައް ދެނެގަނެ ޙައްލުކުރުން.
- ނެޓްވަރކް ރަނގަޅުކުރުމަށް ކުރަންޖެހޭކަންތައްތައް ދެނެގަނެ، ހޯދަންޖެހޭ ހާޑްވެއަރ ދެނެގަތުން.
- ނެޓްވަރކަށް ބޭނުންވާ ހާޑްވެއަރ ހޯދުމުގެ މަސައްކަތްކުރުން.
- ނެޓްވަރކް ސްވިޗްތައް ސެޓަޕްކޮށް ނެޓްވަރކަށް ގެންނަންޖެހޭ ބަދަލުތައްގެނައުން.
- ޔުނިވަރސިޓީ ގައި ބޭނުންކުރާ އައި.ޓީ. އާއި ގުޅުންހުރި ހާޑްވެއަރތަކުގެ މިންގަނޑު ތައްޔާރުކޮށް، އަޕްޑޭޓްކުރުން. އަދި އައި.ޓީ. އާއި ގުޅުންހުރި ތަކެތި ގަތުމުގައި ލަފާދިނުން.
- އައި.ޓީ. އާއި ގުޅުންހުރި ހާރޑްވެއަރ ފަދަ ތަކެތީގެ ބިޑް އިވެލުއޭޓްކުރުން.
- އައި.ޓީ. އާއި ގުޅޭގޮތުން ފެކަލްޓީ/ޔުނިވަރސިޓީ އަށް ބޭނުންކުރެވޭނެ، ފައިދާހުރި ކަންތައްތައް ދެނެގަނެ އެކަންތައްތައް ކުރެވޭނެގޮތްތައް ހޯދައި އެކަންތައްތައްކުރުމުގައި ޢަމަލީ ގޮތުން ބައިވެރިވުން.
- މަތީގައިވާ ކަންތައްތަކުގެ އިތުރުން އޮފީހުގެ ރަސްމީ މަސައްކަތާއި ގުޅޭގޮތުން ޙަވާލުކުރެވޭ މަސައްކަތްތައްކުރުން.
- އައި.ޓީ ސަޕޯޓް ދިނުމުގެ ގޮތުން ސިޕްޓް/ އޮން ކޯލް ޑިއުޓީއަށް އަށް ނިކުތުން.
- އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ އަދާ ހަމަކޮއްފައިވާ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ އަދާކުރާ، ނުވަތަ އަދާކުރި، ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރި، މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި މަސައްކަތްކޮށްފައިވީނަމަވެސް މަޤާމުތަކުގެ ތަފްޞީލް ވަކިވަކިން ބަޔާންކޮށް) އެނގޭނެފަދަ ލިޔުމެއް.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
- ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
* ހުށަހަޅަންޖެހޭ ލިޔުންތައް ފޯމުގައި އެޓޭޗް ކުރައްވާނީ ޕީ.ޑީ.އެފް ފޯމެޓަށް، މަތީގައިވާ ތަރުތީބުން ހުރިހާ ލިޔުންތައް އެއް ފައިލަކަށް ބަދަލުކޮށްފައެވެ.
- މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
06 އޮކްޓޫބަރު 2026 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.
- ސަމާލުކަމަށް:
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.
- އިތުރު މަޢުލޫމާތު:
- މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345142 ނަމްބަރު ފޯނަށެވެ.
- މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.